Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

ހަފްތާއެއްތެރޭގައި ޗިކުންގުންޏާގެ 117 ކޭސް، ޑެންގޫގެ 40 ކޭސް

ހަފްތާއެއްތެރޭގައި ޗިކުންގުންޏާ ޖެހިގެން ރިޕޯޓް ކުރި މިންވަރު 117 އަށް އަރާފައިވާއިރު، ޑެންގޫ ޖެހިގެން ރިޕޯޓް ކުރި މިންވަރު 40 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން ޗިކުންގުންޏާ އާއި ޑެންގޫގެ ކޭސްތައް މާރިޗް މަހުގެ މެދު ތެރެއިން ފެށިގެން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިގޮތުން މާރިޗް މަހުގައި ފަސް ކޭސް، އޭޕްރިލްގައި 177 އަދި މެއިގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް 58 ކޭސް ފެނިފައި ވެއެވެ. މި މުއްދަތުގައި ޗިކުންގުންޏާ އެންމެ ގިނައިން ފެނިފައި ވަނީ މާލެ އިންނެވެ. މާލެއިން 193 ކޭސް ފެނުނުއިރު ދެވަނައަށް އެންމެ ގިނަ ކޭސްތައް ފެނިފައި ވަނީ ހުޅުމާލެ އިންނެވެ. އެއީ 40 ވޭދަނައެވެ.

ޑެންގޫގެ ކޭސްތައް ދަނީ އަހަރު ފެށުނީއްސުރެވެސް ފެންނަމުންނެވެ. މިގޮތުން ޖެނުއަރީ މަހު 146 ކޭސް، ފެބްރުއަރީގައި 116 ކޭސް، މާރިޗްގައި 119 ކޭސް ފެނުނުއިރު އޭޕްރިލް މަހު އެ އަދަދު 239 އަށް ވަނީ އަރާފައެވެ. މެއި މަހުގައި ޑެންގޫގެ 4 ކޭސް ފެނިފައި ވެއެވެ.

ޑެންގޫ އާއި ޗިކަންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ