ހޫނަގަދަވެ ބަންގްލަދޭޝްގައި ސްކޫލްތައް ބަންދުކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބަންދު ކުރި ސްކޫލުތައް އަލުން ހުޅުވާފައިވަނީ އާދީއްތަ ދުވަހުއެވެ.
އެ ގައުމުގައި ހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށްވުރެ މައްޗަށް ގޮސްފައިވާއިރު، އެކަމުގެ ސަބަބުން 33 މިލިޔަނެއްހައި ކުދިންގެ ކިޔެވުމަށްވަނީ އަސަރުކޮށްފައެވެ.
މިއީ ފާއިތުވެދިޔަ 70 އަހަރު ތެރޭގައި ހޫނުމިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
މި ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު ހީޓްވޭވްގައި މަރުވެފައިވާ ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހޫނު މޫސުމުގައި ގިނައިން، ސީރިއަސް އަދި ދިގު މުއްދަތަކަށް ހޫނު ގަދަވުން ފަދަ ކަންކަން ކުރިމަތިވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.
އދ.ގެ ކުޑަކުދިންގެ އިދާރާއިން އަންދާޒާކޮށްފައިވާ ގޮތުގައި ބަންގްލަދޭޝްގެ ކޮންމެ ތިން ކުއްޖަކުން އެކަކު ނުވަތަ ގާތްގަނޑަކަށް 20 މިލިއަން ކުޑަކުދިންނަކީ ކޮންމެ ދުވަހަކު ވެސް މިފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ޝިކާރައަކަށް ވާ ކުދިންނެވެ.