Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

މިދިޔަ މަހުގެ ޓޫރިޒަމް އޮކިއުޕޭންސީ ހުރީ 69 އިންސައްތާގައި: އެމްއެމްއޭ

މިދިޔަ މަހުގެ ޓޫރިޒަމް އޮކިއުޕޭންސީ ހުރީ 69.1 އިންސައްތާގައިކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

މިދިޔަ މަހު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އެންދުތައް ފުރޭ މިންވަރު (އޮކިއުޕޭންސީ) ހުރީ 69.1 އިންސައްތާގައިކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ނަމަވެސް، މިއަހަރުގެ ފެބްރުއަރީ މަހު މި އަދަދު އުޅުނީ 83.7 އިންސައްތައިގައެވެ. ޓުއަރިޒަމް އޮކިއުޕޭންސީ ރޭޓަށް ބަދަލު ގެންނަ އެންމެ ބޮޑު އެއްކަމަކީ އެ ސިނާއަތުގައި ބޭނުންކުރާ އެނދުގެ އަދަދު އިތުރުވުމެވެ. މީގެ ސަބަބުން އެދު ފުރޭ މިންވަރު ދަށަށް ގޮސް އޮކިއުޕޭންސީ ރޭޓު ދަށްވެއެވެ.

އެގޮތުން، އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މާޗްމަހުގެ ނިޔަލަށް ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށްގެން ބޭނުންކުރަމުން އައީ 843 ގެސްޓްހައުސްއާއި، 175 ރިސޯޓާއި، 15 ހޮޓަލުގެ އިތުރުން 147 ސަފާރީއެވެ. އަދި މި ތަންތަނުގައި ހުރި ޖުމްލަ އެންދުތަކުގެ އަދަދު 61،952އަށް އަރައެވެ.

މިއަހަރުގެ މާޗްމަހަށް ފަތުރުވެރިކަމުގެ ސިނާއަތުގެ އޮކިއުޕޭންސީ ރޭޓު ދައްވެފައިވާ މަންޒަރު އެންމެ ބޮޑަށް ފެންނަ އެއް ދާއިރާއަކީ ރިސޯޓުތަކުގެ ދާއިރާއިންނެވެ. އެގޮތުން ރިސޯޓުތަކުގެ އެނދުތައް ފުރޭ މިންވަރު މިއަހަރުގެ ފެބްރުއަރީ މަހާއި އަޅާ ބަލާއިރު މާޗް މަހު 16.7 އިންސައްތަ ދަށަށް ގޮސްފައިވާކަން އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.

އަދި މީގެ އިތުރުން، މިއަހަރުގެ ފެބްރުއަރީ މަހާއި އަޅާ ބަލާއިރު މާޗްމަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރަމުންދާ ހޮޓާތަކުގެ އެނދުތައް ފުރޭ މިންވަރު ވަނީ 10.4 އިންސައްތަ ދަށަށް ގޮސްފައެވެ. އެ އަދަދު ފެބްރުއަރީ މަހު 39.1 އިންސައްތާގައި ނަމަވެސް، މާޗް މަހު ހުރީ 28.7 އިންސައްތާގައެވެ.

ކަން މިހެން އޮތް ނަމަވެސް، މިފަހަރު ކުރި ހޯދާފައިވަނީ ސަފާރީތަކުންނެވެ. އެގޮތުން މިދިޔަ މަހު ސަފާރީގެ އެނދުތައް ފުރޭ މިނަވަރު ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ މަހު އެ އަދަދު 43.2 އިންސައްތާގައި ހުރި އިރު، ފެބްރުއަރީ މަހު ހުރީ 39.9ގައެވެ.
މި ލިއުމާއި ގުޅޭ