Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖިންސީ ގޯނާ

12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 61 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ ދެކުނުގެ ރަށެއްގައި 12 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި 61 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތުދެއްވާގޮތުގައި މިދިޔަ އާދީއްތަދުވަހު ފުލުހުންގެ ދެކުނު ކޮމާންޑަށް ހުށަހެޅުނު މިމައްސަލާގައި ތުހުމަތުކުރެވޭ އުމުރުން ދުވަސްވީ މީހަކު ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ.

ފުލުހުން އިތުރަށް މަޢުލޫމާތުދެއްވާގޮތުގައި ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މައްސަލައިގެ ބާވަތުން ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީވެ, ކުޑަކުއްޖާގެ ވަނަވަރު ހިމާޔަތްކުރުމުގެ ގޮތުން މިމައްސަލަ ހިނގި ރަށް އަދި މީހާ ހައްޔަރުކުރެވުނު ރަށް ފުލުހުން ވަނީ ސިއްރުކޮށްފައެވެ.

ފުލުހުން މަޢުލޫމާތުދެއްވާ ގޮތުގައި މިފަދަ މައްސަލަތަކަކީ ފުލުހުންގެ އިދާރާއިން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަހުޤީޤުކުރާ މައްސަލަތަކެކެވެ.

މި ލިއުމާއި ގުޅޭ