20 ދުވަހުގެ ތެރޭގައި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އިންތިހާބު ބޭއްވުމަށް ކޮމިޝަން އޮފް ސްޕޯޓްސްއިން ފުރުސަތުދީފިއެވެ.
ބީއޭއެމްގެ އިންތިހާބު މީގެ ކުރިން އޮތީ މަޑުޖެހިފައެވެ. އެގޮތުން, އެ ކޮމިޝަނުގެ ބައެއް މައްސަލަތައް ފެންމަތިވެ އިންތިހާބު މަޑުޖެހިފައި އޮތުމުގެ ސަބަބުން ރާއްޖޭގައި ބެޑްމިންޓަންގެ ދާއިރާގައި އުޅޭ އެތައް ފަރާތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ބީއޭއެމްގެ އިންތިހާބު 20 ދުވަހުގެ ތެރޭގައި ބާއްވަން ސްޕޯޓްސް ކޮމިޝަނުން ބީއޭއެމްއަށް އަންގާފައިވެއެވެ.
އަދި މީގެ އިތުރުން, ބީއޭއެމްގެ ހިންގާ ގަވާއިދު އިސްލާހުކުރުމަށްފަހުގައި މެނުވީ އިންތިހާބެއް ނުބޭއްވުމަށް ކޮމިޝަން އޮފް ސްޕޯޓްސްއިން ބީއޭއެމްއަށް މީގެ ކުރިން އަންގާފައިވެއެވެ.
އަދި ހަމައެފަދައިން, ބީއޭއެމްގެ ރައީސް މޫސާ ނާޝިދާއި ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެފައިވާތީ އެ އިންތިހާބު މަޑުޖައްސައިލުމަށްވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަންގާފައިވެއެވެ.