ރާއްޖޭގެ ދެކުނުގެ ރަށެއްގައި 12 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މީޑިއާތަކަށް ފުލުހުން ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ ގއ, ގދ, ޏ އަދި އައްޑޫސިޓީ ހިމެނޭ ސައުތް ޕޮލިސް ކޮމާންޑަށް އެސަރަހައްދުގެ ރަށެއްގައި 12 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ހުށަހަޅާފައިވާކަމަށާއި އެމައްސަލަ ތަހުގީގުކުރަމުންދާކަމަށެވެ.
މައްސަލައިގެ ބާވަތުން ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީވެ, ކުޑަކުއްޖާގެ ވަނަވަރު ހިމާޔަތްކުރުމުގެ ގޮތުން ހާދިސާ ހިނގި ރަށް އަދި އަތޮޅު ފުލުހުން ވަނީ ސިއްރުކޮށްފައެވެ.
މައްސަލަ ހިނގާފައިވާގޮތް ބެލުމަށް ދިޔަރެސްއިން ބެލި ބެލުމުގައި ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުންދުވަސްވީ މީހެއްކަމަށް އެނގިފައިވެއެވެ.
ފުލުހުން މަޢުލޫމާތުދެއްވާ ގޮތުގައި މިފަދަ މައްސަލަތަކަކީ ފުލުހުންގެ އިދާރާއިން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަހުޤީޤުކުރާ މައްސަލަތަކެކެވެ.