Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓޫޑެންޓު ލޯނު

ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑަންޓް ލޯނު ދޭން ރައީސް ނިންމަވައިފި

ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑަންޓް ލޯނު ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިކަން ހާމަކުރެއްވީ ސަރުކާރުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ބާއްވާ "އަހާ" ޕްރޮގްރާމްގެ މިރޭގެ ޕްރޮގްރާމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.

އެކަމަނާ ވިދާޅުވީ މިވަގުތު ސްޓޫޑަންޓް ލޯންގެ ޕްރޮސަސް އެބަދޭ ކުރިޔަށްދާ ކަމަށާއި އަދި ލޯން ލިބޭ ކުދިންގެ އަދަދު އިތުރުވެސް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑަންޓް ލޯނު ދޭން ރައީސް ނިންމަވާފައިވާކަން މިނިސްޓަރ މާރިޔާ ވިދ

" ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ މިވަގުތު ލޯނަށްލާ ހުރިހާ ކުދިންގެ ޝަރުތު ހަމަވާނަމަ ހުރިހާ ކުދިންނަށް ވެސް ލޯނު ދެއްވުން" މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 2 މެއި 2024 ވަނަ ދުވަހުގެ 13:30 ގެ ކުރިން ކޮންމެ ދަރިވަރަކަށް ވެސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މި ލިއުމާއި ގުޅޭ