އުރީދޫ މޯލްޑިވްސްއިން ޗައިނާގެ ބައިޓްޑާންސް ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ޕާޓްނާޝިޕާއެކު ރަސްމީކޮށް އުރީދޫއިން ޓިކްޓޮކަށް މަރުހަބާ ކިޔައިފައިވާކަން އިއުލާނުކޮށްފައިވަނީ ރޭ އުރީދޫ ހެޑް ކުއާޓަރުގައި ބޭއްވި އިވެންޓެއްގައެވެ.
އުރީދޫން ބުނީ މި އެއްބަސްވުމުގެ ދަށުން ޓިކްޓޮކް ބޭނުންކުރާ އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ޑޭޓާ ޕެކޭޖްތައް އިހްތިޔާރުކުރެވޭނެ ކަމަށެވެ.
އަދި އުރީދޫ ޓިކްޓޮކް ޕާޓްނަޝިޕްގެ ދަށުން އުރީދޫ ނެޓްވޯކުގައި ޓިކްޓޮކް ބޭނުންކުރާ ކަސްޓަމަރުންނަށް އިތުރަށް އަވަސް ސްޕީޑުގައި ޓިކްޓޮކް ބޭނުންކުރުމާއި ސްޓްރީމް ކުރުމާއި ޝެއާކުރުމުގެ އިތުރުން ކޮންޓެންޓް އުފެއްދުމުގައި އިތުރު ފަސޭހަތައް ލިބިގެން ދާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.