މާދަމާ މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓްގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދެއްވާގޮތުގައި ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރުމަށްޓަކައި ހެންވޭރުގެ އަމީރު އަޙުމަދު މަގު، ބޮޑުތަކުރުފާނު މަގު، ދީފްރަމް ގޯޅި، ފިނިފެންމާ ގޯޅި، ގަލަދުން ގޯޅި، ހިތްފަސޭހަ ގޯޅި، ހުސްނުހީނާ މަގު، އަދި ކުރަނގި ގޯޅީގެ އިތުރުން މެހެލި ގޯޅި އާއި ރޯޝަނީ މަގު ހިމެނޭ ސަރަހައްދުން 24 އޭޕްރީލް 2024 ވާ ބުދަ ދުވަހު (މާދަމާ)ގެ ހެނދުނު 09:30 ން 10:30 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މާލޭގެ ކަރަންޓު ވިއުގައަށް އެކި އަޕްގްރޭޑްތައް ގެނައުމަށް ސްޓެލްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެކި ސަރަހައްދުތަކުން ބައެއް ފަހަރު ފަހަރަށް ކަރަންޓު ކަޑާލަން ޖެހޭ ކަމަށާއި ކަރަންޓު ކެނޑުމުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭކަމުގައި ސްޓެލްކޯއިން ވަނީ ބުނެފައެވެ.