Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

މަޖިލީހުގެ މެމްބަރުން ގުޅުއްވުމަށް އިސްލާމިކް މިނިސްޓްރީން ހާއްސަ މަންދޫބެއް ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދާއިރަތަކާއި ގުޅޭ ކަންކަމުގައި އެއްބާރުލުން ދެއްވުމަށް އިސްލާމިކް މިނިސްޓްރީން ހާއްސަ މަންދޫބެއް ކަނޑައަޅައިފިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދާއިރާއާއި ގުޅޭ އެކިކަންކަމާއި ގުޅޭގޮތުން އެއްބާރުލުން ދެއްވުމަށް ވުޒާރާއަކުން މަންދޫބެއް ކަނޑައެޅުއްވި ފުރަތަމަ ފަހަރެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވުނު މެންބަރުން ދާއިރާގެ ކަންކަމުގައި ޚިދުމަތް އަވަސްކުރުމަށް ވުޒާރާއިން މަންދޫބަކު ކަނޑައަޅާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުންނެވެ.

އިސްލާމިކް މިނިސްޓްރީގައި މަޖިލީހުގެ މެންބަރުންގެ ޚިދުމަތުގައި ހުންނަވާނީ މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އުސްތާޛު ޔާސީން ނަޢީމްއެވެ.

މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންކަމަށްވާތީ، އެބޭފުޅުންނަށް މިނިސްޓްރީން އަހައްމިއްޔަތުކަން ދޭނެކަމަށާއި ޕާޓީތައް ތަފާތުކުރުމެއް ނެތި ހުރިހާ މެންބަރުންނަށްވެސް ޚިދުމަތް ދެއްވާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ