Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނައިބު ރައީސް ފައިސަލް ނަސީމް

ނަޒޫ އަށް ގޮނޑި ގެއްލުވާލީ ސީދާ ފައިސަލް، މައްސަލަ ޕޮލިހަށްވެސް ވާނީ ހުށަހަޅާފައި: މަހުލޫފު

ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރެއްވި ނަޒްރާ ނަސީމަށް ގޮޑި ގެއްލުވާލީ ނަޒްރާގެ ބޭބެ ފައިސަލް ނަސީމް ކަމަށާއި އެމައްސަލަ ޕޮލިހަށް ހުށަހަޅައިފިކަމަށް ނަޒްރާގެ ފިރިމީހާ އަދި ކުރި ސަރުކާރުގެ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި މަހްލޫފު ކުރެއްވި މެސެޖެއްގައި ބުނެފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ނަޒްރާ ނަސީމްއަށް ގޮޑި ކާމިޔާބުވިޔަ ނުދިނުމަށް އެކިފަރާތްތަކަށް ގުޅައި ތާއީދު ގެއްލުވާލުމަށް ފައިސަލް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

މަހްލޫފުގެ މެސެޖުގައި އާއިލާ އަދި ދާއިރާގެ އެތައް ބަޔަކަށް ގުޅައި ފައިސަލް ދިޔައީ ނަޒްރާ އާއި ދެކޮޅަށް މަސައްކަތް ކުރަމުން ކަމަށާއި މިކަން ޕާޓީގެ ލީޑާޝިޕް ބޭފުޅުންނަަށާއި، އަދި ނަޒްރާގެ މައިންބަފައިންނާއި އާއިލާއަށްވެސް އެނގޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާއި ދެކޮޅަށް މަސައްކަތްކޮށް ވެެރިކަން ބަދަލުކުރިގޮތަށް މިފަހަރު ފައިސަލް ނަސީމު މިވަނީ 48 ވޯޓުގެ ފަރަގަކުން ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލާފައި ކަމުގައެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހުސައިންއާއި ނަޒްރާ އާ ދެމެދު އިނީ 48 ވޯޓުގެ ތަފާތެކެވެ.

ކުރީގެ ޔޫތް މިނިސްޓަރ މަހްލޫފު ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަތީޖާ ޤަބޫލުކުރައްވާކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް ފައިސަލް ނަސީމް އެންޓިކެންޕޭން ކުރެއްވި މައްސަލަ ބެލުމަށް މަހްލޫފު ވަނީ ގޮވާލައްވާފައެވެ.

މި ލިއުމާއި ގުޅޭ