Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢުމްރާ

ތާށިވެފައި ތިބި އުމްރާވެރިން ރާއްޖެ ގެނެސްފި

ތާށިވެފައި ތިބި އުމްރާވެރިން ރާއްޖެ ގެނެސްފިއެވެ.

މަޝްއަރު ޓުއާސްގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް ތާށިވެފައި ތިބި އުމްރާވެރިން އަނބުރާ ރާއްޖެ ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، އެ އުމްރާވެރިން އަނބުރާ ރާއްޖެ ގެނެސްފައިވަނީ މަޝްއަރު ޓުއާސްގެ ހަރަދުގައެވެ. އެ ގްރޫޕްގެ ފަރާތުން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ފުރާފައިވަނީ 50 އުމްރާވެރިންނެވެ.

އުމްރާވެރިން ދެކޮޅު ޓިކެޓަށް ފައިސާ ދެއްކި ފަހުން މަޝްއަރު ގްރޫޕުން ފޮނުވި ޗެކް ބައުންސްވެ އުމްރާވެރިންނަށް ރިޓާން ޓިކެޓު ނުލިބި މައްކާގައި ތާށިވިއެވެ.

ޗެކް ބައުންސްވެ އާންމުންގެ ތެރޭ ނުތަނަވަސްކަން ފެތުރެން ފެށުމުން މަޝްއަރު ގްރޫޕުން ބުނެފައިވަނީ މިދިޔަ ހަފްތާ ބުރާސްފަތި ދުވަހުން ފެށިގެން 3 ދުވަސްތެރޭ އުމްރާވެރިން ރާއްޖެ ގެންނާނެކަމަށެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު މަޝްއަރު ގްރޫޕުގެ ފަރާތުން އުމްރާއަށް ދިޔަ އެންމެން އެނބުރި ރާއްޖެ އަތުވެފައިވެއެވެ.

މަޝްއަރު ގްރޫޕަކީ އުމްރާއަށް މީހުން ފޮނުވުމުގައި ތަކުރާރުކޮށް މައްސަލަ ދިމާވެފައިވާ ގުރޫޕެކެވެ. މީގެ ކުރިންވެސް އެ ގްރޫޕުގެ ފަރާތުން އުމްރާއަށް ފުރާފައިވާ އެތައް ބަޔަކު ތާށިވެފައިވެއެވެ. އެފަހަރުވެސް އުމްރާވެރިން ތާށިވީ އެ ގްރޫޕުން ފޮނުވި ޗެކް ބައުންސްވެގެންނެވެ.

މި ލިއުމާއި ގުޅޭ