Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކުޅުދުއްފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ދެ ޖަނަރޭޓަރު ގެންގޮސްފި

ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެ ރަށަށް ދެ ޖަނަރޭޓަރު ގެންގޮސްފިއެވެ.
ކުޅުދުއްފުށީ ކަރަންޓް ޖެނެރޭޝަން ކެޕޭސިޓީއަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން ކަރަންޓް މެދު ކެނޑި ރައްޔިތުން އުފުލަން ޖެހިފައިވާ ދަތި ކަމަށް ހައްލު ގެނައުމުގެ ގޮތުން އެ ރަށަށް ދެ ޖަނަރޭޓަރު ގެންދިއުމުގެ މަސައްކަތް ފެށީ މި މަހުގެ 21 ގައެވެ.
ފެނަކައިން މިއަދު ބުނީ ކުޅުދުއްފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ފޮނުވާ 600 ކިލޯވޯޓުގެ ދެ ޖަނަރޭޓަރު އެ ރަށަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.
މީގެއިތުރުން އެހެން ބައެއް ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ގެނައި 600 ކިލޯވޯޓުގެ ޖަނަރޭޓަރުތައް ކަސްޓަމުން ކްލިޔަރކޮށް މިިދިޔަ ހަފުތާގައި ވަނީ އެ ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފައެވެ.
އެ ރަށްތަކަކީ މ. ދިއްގަރާއި ލ.ހިތަދުއާއި ބ.ކަމަދުއާއި ރ.ހުޅުދުއްފާރާއި ފ.ބިލެއްދުއެވެ.
މި ލިއުމާއި ގުޅޭ