Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ފުލަމް ބަލިކޮށް ލިވަޕޫލަށް ހަމަނޭވާއެއް ލެވިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ރަށުން ބޭރުގައި 3-1 އިން ފުލަމް ބަލިކޮށްފި އެވެ.

ލިވަޕޫލް ރޭގެ މެޗަށް ނުކުތީ މިދިޔަ މަހެއްހާ ދުވަހު ދަށް ނަތީޖާތަކެއް ނެރުމަށް ފަހު އެވެ. އޭގެތެރޭގައި އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެ ކެޓި މެޗާއި ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި އެޓަލާންޓާ އަތުން ބަލިވުން ފާހަގަކުރެވެ އެވެ. އަދި ރޭގެ މެޗުގެ ކުރިން ލީގުގައި އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލޭސް އަތުން އެޓީމު 1-0 އިން ބަލިވި އެވެ.

ރޭގެ މެޗަށް ލިވަޕޫލް ނުކުތީ މޮޅަކާ އެކު އަލުން ޓީމު ހަމައަކަށް އެޅުވުމަށެވެ. މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި ކޯޗު ޔާގެން ކްލޮޕް، މުހައްމަދު ސަލާހް ހިމަނާފައެއްނުވެ އެވެ. އެކަމަކު ދެ ވަނަ ހާފުގައި ސަލާހް ކުޅެން އެރި އެވެ.

މެޗުގެ ފުރަތަމަ ގޯލު ޖެހީ ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފުލަމް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޓިމޮތީ ކަސްޓާނިއާ އެވެ.

ލިވަޕޫލްގެ ދެ ވަނަ ގޯލު ފުރަތަމަ ހާފުގެ ކުރީކޮޅު ޖެހީ ރަޔަން ގްރަވަންބަޗް އެވެ. އެޓީމުގެ ލީޑު ދެ ވަނަ ހާފުގެ ފަހުކޮޅު ފުޅާކޮށްދިނީ ޑިއޯގޯ ޖޯޓާ އެވެ.

މޮޅާ އެކު ލިވަޕޫލް ވަނީ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލްއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފަ އެވެ. ދެ ޓީމަށް ވެސް 74 ޕޮއިންޓް ލިބިފައިވާއިރު އާސެނަލް ލީގު އެއް ވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތީ އެ ދެޓީމަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ މެންޗެސްޓާ ސިޓީ އެވެ.

ލީގުގައި މި ހަފްތާ ރަށުން ބޭރުގައި ބްރައިޓަން ބަލިކޮށްގެން ސިޓީ އަށް ލީގުގެ އެއް ވަނަ އަށް އަލުން އެރޭނެ އެވެ.

މި ލިއުމާއި ގުޅޭ