Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްސާން މައުމޫން

ބިނާ ކުރަނިވި ފިކުރުގެ ޕީއެންސީއަށް މެޖޯރިޓީ ރައްޔިތުން ދެއްވާ: ޣައްސާން

އަޖުމަ ބަލާލުމަށް ނަމަވެސް ބިނާ ކުރަނިވި ފިކުރުގެ ޕީއެންސީއަށް މެޖޯރިޓީ ރައްޔިތުން ދެއްވުމަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން އެދިވަޑައިގެންފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޣައްސާން ވިދާޅުވީ ރައްޔިތުން ބޭނުންފުޅުވާ ތަރައްގީގެ މަޝްރޫތައް ތަންފީޒުކޮށް ހިންގުމުގައި ގާނޫނު އަސާސީއާއި ގާނޫނުތަކުން އޮތީ ސަރުކާރަށް މަތިކުރެވިފައި ކަމަށެވެ.

"އެމްޑީޕީ އަތުގައި ސަރުކާރު އޮވެ ރައްޔިތުން މަޖިލިސްގެ ސުޕާ މެޖޯރިޓީ ދެއްވުމުން ރައްޔިތުން ބޭނުންވި ތަރައްގީ ގެނެސް ނުދެވުންކަން ދަލީލް ކޮށްދެނީ 2023 ރިޔާސީ އިންތިހާބުގެ ނަތީޖާ. ބިނާ ކުރުވަނި ފިކުރުގެ ޕީއެންސީއަށް މެޖޯރިޓީ ރައްޔިތުން ދެއްވާ."، ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ރައީސް މުއިއްޒު ވައުދުތައް ހަލުވި ކަމާއެކު ރަނުން ރަނަށް ފުއްދައިދެއްވާނެ ކަމަށެވެ. ޕީއެންސީގެ މެންބަރުންގެ އަޖުމަ ބެލުމަށް ވިޔަސް އިންތިހާބުގައި ވޯޓު ޕީއެންސީއަށް ދިނުމަށް އެދިލެއްވެވިއެވެ.

ރާއްޖޭގެ ތަރައްގީއަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް މުހިންމު ކަމަށާއި އެ އިންތިހާބު ސަރުކާރު ކޯލިޝަނަށް ދެއްވުމަށް ރައީސް މުއިއްޒު ރައްޔިތުންގެ ކިބައިން އެދިލައްވާފައިވެއެވެ.

މި މަހުގެ 21 ވަނަ ދުވަހުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ފޯރިއާއިއެކު އެކި ކަންކޮޅުތަކުގައި ދަނީ ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ