Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކޮމަންޑުއާއި ގުރައިދޫ އެއާޕޯޓުގެ ޑިޒައިނާއި އީއައިއޭ ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ށ.ކޮމަންޑޫ އެއާޕޯޓާއި ތ.ގުރައިދޫ އެއާޕޯޓު ތަރައްގީކުރުމަށްޓަކައި ސާވޭ ކުރުމާއި ޑިޒައިނާއި އީއައިއޭ ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
ކޮމަންޑޫ އެއާޕޯޓުގެ މަަސައްކަތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޡީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީއެވެ.
ގުރައިދޫ އެއާޕޯޓުގެ މަަސައްކަތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަޙްމަދު ލަޠީފެވެ.

މި ދެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިއުމާއި ގުޅޭ