Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ކަރަންޓުގެ މައްސަލަ ހައްލުކުރަން 7 ރަށަކަށް ޖަނަރޭޓަރު ފޮނުވަން ފަށައިފި

ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށް، ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ހަތް ރަށަކަށް ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް ފެނަކައިން ފަށައިފި އެވެ.
ފެނަކައިން ބުނި ގޮތުގައި އެ ޖަނަރޭޓަރުތައް ފޮނުވުމުގައި އިސްކަންދީފައިވަނީ އެންމެ ނާޒުކު ހާލަތުގައި ކަރަންޓުގެ ކަންކަން ރަށްތަކަށެވެ.
އެގޮތުން، ޖަނަރޭޓަރު ފޮނުވަން ނިންމާފައިވާ ހަތް ރަށަކީ ބ.ކިހާދޫއާއި، ނ.މާފަރާއި، ބ.މާޅޮހާއި، ރ.މާކުރަތާއި، ނ.ހެނބަދޫއާއި، ރ.އަލިފުށި އަދި ށ.މަރޮށި އެވެ.
މާފަރާއި މާޅޮސް އަދި މާކުރަތަން ފޮނުވަން ނިންމާފައިވަނީ 400 ކިލޯވޮޓްގެ ޖަނަރޭޓަރެވެ. ކިހާދޫއާއި ހެނބަދޫ އަދި މަރޮއްޓަށް 250 ކިލޯވޮޓްގެ ޖަނަރޭޓަރު އަދި އަލިފުއްޓަން ފޮނުވަން ނިންމާފައިވަނީ 600 ކިލޯވޮޓްގެ ޖަނަރޭޓަރެވެ.
ފާއިތުވެދިޔަ ފަސް އަހަރު ބޮޑެތި އިހުމާލުތަކެއް ވެފައިވުމުގެ ސަބަބުން އެތައް ރަށެއްގެ ކަރަންޓަށް މައްސަލަތައް ދިމާވަމުންދާތީ އެކަމަށް އެކަށީގެންވާ އަވަސް ހައްލެއް ހޯދުމަށް ސަރުކާރުގެ ފަރާތްތަކާއި އެކުގައި މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މީގެ ކުރިންވެސް ފެނަކައިން ވަނީ ބުނެފަ އެވެ.
އެގޮތުން، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ވެސް ފެނަކަ މިއަދު ވަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އަދި ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުވަންދެން އެ ސިޓީގައި ސްޓެލްކޯގެ ތަޖުރިބާކާރުން ހިމެނޭ ޓީމެއް ހަރަކާތްތެރިވާން ވެސް ވަނީ ނިންމާފަ އެވެ.
މި ލިއުމާއި ގުޅޭ