Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސާ ސިރާޖު

މެންބަރުންގެ އަދަދު ހިފަހައްޓަން މަސައްކަތްކުރިން، އެކަން ހުއްޓުވީ އެމްޑީޕީން: ސިރާޖު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް މަސައްކަތް ކުރެއްވި ކަމަށާއި، އެކަން ވިޔަ ނުދިނީ ސީދާ އެމްޑީޕީން ކަމަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.
އޭނާ މިފަދައިން ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުން ދިޔުމަކީ ދައުލަތަށް ބުރައެއް ކަމަށާއި، ކުރިއަށް އޮތް ދައުރުގައި އެމްޑީޕީގެ މެންބަރުން އެންމެ ފުރަތަމަ ކުރާނެ ކަމަކީ މެންބަރުންގެ އަދަދު ކަނޑައެޅުން ކަަމަށް އެ ޕާޓީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިރާޖު ވިދާޅުވީ، ނިމިގެންމިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ދިނީ އެ ބަދަލުތައް ގެނެސްދިނުމަށް ކަމަށާއި ނަމަވެސް އެކަން ނުވި ކަމަށެވެ.
"އަޅުގަނޑުމެން ތަކުރާރުކޮށް އެދެމުން ގެންދިޔައިން މަޖިލިސް އަދަދު ހިފަހައްޓަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް. ހުއްޓުވީ ސީދާ އެމްޑީޕީގެ ލީޑާޝިޕުން. އެމްޑީޕީގެ އިހްލާސްތެރިކަމެއް ނެތް،" ސިރާޖު ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވީ، ނިމިދިޔަ ދައުރުގައި މެންބަރުންގެ އަދަދު ހިފެހެއްޓުމުގެ މަސައްކަތް މަޖިލިސް ތެރެއިން ހުއްޓުވީ ސީދާ އެމްޑީޕީގެ ލީޑާޝިޕުން ކަމަށެވެ. އެހެންކަމުން އިންތިހާބާ ދިމާކޮށް އެ ވާހަކަ ދެއްކުމުން އެމްޑީޕީގެ އިހްލާސްތެރިކަމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ތައްޔާރުވެފައިވާއިރު، އެ އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެ އެވެ.
މި ލިއުމާއި ގުޅޭ