އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މިއަދު ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
ފެނަކައިން ބުނީ އައްޑޫ ސިޓީގެ ހިތަދޫގައި އަލަށް ގާއިމު ކުރެވޭ 32 މެގަވޯޓުގެ އިންޖީނުގެ ގާއިމުކުރުމާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން އައު އިންޖީނުގެ ނިންމާ ކުރިއަށް އޮތް 20 އަހަރަށް އެކަށީގެންވާ މިންވަރަށް ބޭނުންވާ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރެވިގެންދާނެ ކަމަށެވެ.
އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ދޮޅު އަހަރުގެ ތެރޭގައި ނިމި ޚިދުމަތް ދެވެން ފަށާނެ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.
މި މަޝްރޫއުއަކީ ޑޮންފަންގް އިލެކްޓްރިކްއިން ފައިނޭންސް ކުރާ މަޝްރޫއުއެކެވެ. ފައިސާ ދައްކައި ނިންމުމަށް ކަނޑައަޅާފައިވަނީ 12 އަހަރު ދުވަސްފަހުން ކަމަށް ފެނައިކައިން ބުންޏެވެ.
ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި އިންސްޓޯލް ކުރާނީ 9.8 ގެ ދެ ޖެންސެޓާއި 5.8 ގެ ދެ ޖެންސެޓެވެ.