Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ކްލައިމެޓް އިމަޖަންސީ ގާނޫނު ތަންފީޒުކުރަމުންދާ ގޮތާމެދު އާންމުންގެ ޚިޔާލު ހޯދަނީ

ކްލައިމެޓް އިމަޖެންސީ ގާނޫނު ތަންފީޒުކުރަމުންދާ ގޮތާއިމެދު އާއްމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

އެ މަޖިލީހުން ކުރި އިއުލާނެއްގައި ބުނީ ގާނޫނު ނަމްބަރު 9/2021 (ކްލައިމެޓް އިމަޖެންސީ ގާނުނު) ތަންފީޒުކުރަމުންދާ މިންވަރު ދެނެގަތުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ އެންވައިރަމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީގެ ސަބް ކޮމެޓީން ކުރަމުން ގެންދާކަމަށެވެ.

އެހެންވެ ކަމާއި ގުޅުންހުރި މުއައްސަސާތަކުން އެ ގާނޫނު ތަންފީޒުކުރަމުންދާ ގޮތާ ގުޅޭގޮތުން އާއްމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.

އެ އިދާރާއިން ވަނީ އެކަމާއިގުޅޭގޮތުން ނުވަތަ ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދަނެ ކަންކަމާގުޅޭގޮތުން ޚިޔާލެއް އޮތްނަމަ މި މަހުގެ 28 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން އެ ކޮމެޓީގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އެދިފައެވެ.

މި ލިއުމާއި ގުޅޭ