Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

އަބަދުވެސް އެދެނީ ރައީސް ޔާމީނަށް ހެޔޮގޮތް، ކާމިޔާބަށް އެދެން: ޝިޔާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހެޔޮގޮތްވާން އަބަދުވެސް އެދިލައްވާ ކަމަށާއި، މިއަދު ހައިކޯޓުގައި ބާއްވާ އެމަނިކުފާނުގެ އިސްތިއުނާފު އަޑުއެހުމުގައި ކާމިޔާބީއަށް އެދިލައްވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅުވައިގެން ރައީސް ޔާމީނުގެ މައްޗަށް އުފުލި ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން އިއްވީ ޑިސެންބަރު 25، 2022 ގައެވެ.
އެ މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތައް ފާއިތުވި ނޮވެންބަރު މަހުގެ 21 ވަނަ ދުވަހު ނިންމާލާފައިވާއިރު، އެ މައްސަލައިގައި ހުކުމްކުރުން މިއަދަށް ވަނީ ތާވަލްކޮށްފަ އެވެ.
އެކަމާ ގުޅިގެން ޝިޔާމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަބަދުވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާއަށް ހެޔޮގޮތްވާން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިއަދުގެ އަޑުއެހުމުން ރައީސް ޔާމީނަށް ކާމިޔާބު ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ޝަރީއަތަށް ކުރިވެސް އަދި މިހާރުވެސް ޖޭއެސްސީ މެދުވެރިކޮށް ނުފޫޒު ފޯރުވީ އެމްޑީޕީން ކަމަށާއި، ރައީސް ޔާމީން މިއަދު މިނިވަންވެވަޑައިގަތުމަށް އުންމީދުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ރޭ ވިދާޅުވެފަ އެވެ.
"މާދަމާ އެމަނިކުފާނު މިނިވަން ވުމަކީ އަޅުގަނޑު ވަރަށް އުއްމީދު ކުރާ ކަމެއް،" ރޭ ޕީއެންސީން މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލުކުރި ފަހުން ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނަށް މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭގޮތް ނުވުމުން، ޕީއެންސީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރައްވައި ކާމިޔާބުކުރެއްވި ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި، ރައީސް ޔާމީނަށް އިންސާފުވެރި ނުފޫޒުން އެއްކިބާވެފައިވާ ޝަރީއަތެއް ހޯދައިދިނުން ހިމެނެ އެވެ.
މި ލިއުމާއި ގުޅޭ