Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މަގުމަތިން މީހަކު ހުއްޓުވައި އެއްކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަގުމަތިން މީހަކު ހުއްޓުވައި އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެނެކެވެ.
މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ 10 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ.
މި މައްސަލާގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1050 ގްރާމް ހުރިކަމަށް މުއްދަތު މަޖިލީހުގައި އައިއޯ ވަނީ ފާހަގަކޮށްފައެވެ.
މި ތަކެއްޗަކީ އެހެން މީހަކު އޭނާއާ ހަވާލުކުރި ތަކެތި ކަމަށާއި މަސްތުވާތަކެތި ހުރި ކޮތަޅު އޭނާ އަތަށް ދިން ތަން ފެނުނު ކަމަށް ފުލުހުންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި އޭނާ ހުއްޓުވި ވަގުތު އެކޮތަޅު މަގުމައްޗަށް އެއްލާލައިފައިވާ ކަމަށް ސީނަށް ދިޔަ ފުލުހުން ވަނީ ބުނެފައެވެ.
މި ލިއުމާއި ގުޅޭ