Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިނގިރޭސިވިލާތް

އަހަރެމެން މިތިބީ އިޒްރޭލާ އެކު, އީރާނަށް ހަމަލާ ދޭން ވާނީ ސްމާޓްކޮށް: އިނގިރޭސިވިލާތް

އިނގިރޭސިވިލާތް އޮތީ އިޒްރޭލާ އެކުގައި ކަމަށާއި، އިރާން ދިންހަމަލާގެ ރައްދު ދޭންޖެހޭނެކަމަށް ބުނެ އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމަރަން ނަތަންޔާހޫއަށް ހިތްވަރު ދީފިއެވެ.

ކެމަރަން މިކަމަށް ހިތްވަރުދިނީ އިޒްރޭލާއެކު އިނގިރޭސިން ތިބިކަން ހާމަ ކުރެއްވުމަށް އޭނާ އިޒްރޭލަށް ކުރި ދަތުރުގައި ބޮޑުވަޒީރު ނަތަންޔާހޫއާއި ބައްދަލުކޮށް ދެއްކި ވާހަކަތަކުގައެވެ.

ކެމެރަން ނަތަންޔާހޫ ބައްދަލު ކުރުމަށް ފަހު ބުނީ އިޒްރޭލުން ކަންކުރާނެ ގޮތް ނިންމުމަކީ އިޒްރޭލުގެ އަމިއްލަ ކަމެއް ކަމަށާއި އަމިއްލަ ދިފާއު ހޯދުމުގެ ފުރިހަމަ ހައްގު އިޒްރޭލަށް އޮތް ކަމަށެވެ. އަދި އިނގިރޭސީން ތިބީ އިޒްރޭލާ އެކުގައި ކަމަށާއި އީރާނަށް ހަމަލާއެއް ދޭންވާނީ ސްމާޓް ކޮށް އަދި ލިމިޓެޑް ކޮށް ކަމަށެވެ.

އެއާއެކު އޭނާ ބުނީ ހަމަނުޖެހުން ފުޅާވެގެން ދިޔުމަކީ ދެފަރާތުން ކުރެ ފަރާތަކުން ބޭނުންވާ ކަމެއް ނޫން ކަމަށާއި އިޒްރޭލުގެ ބައިވެރިންނަށް ވެސް އެވާހަކަ ދަންނަވާފައި ވާނެ ކަމަށެވެ.

މި ބައްދަލުވުމަށް ފަހު ނަތަންޔާހޫ ބުނީ, އީރާނު މައްސަލައިގައި ކަން ކުރާނެ ގޮތް ނިންމާނީ އިޒްރޭލުން ކަމަށާއި އިޒްރޭލުގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި ހަނގުރާމަ ފުޅާވެގެން ހިނގައިދާނެތީ ޔޫރަޕާއި އެމެރިކާއިން ކަނބޮޑުވާ މިންވަރު އެނގޭ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
ކެމަރަން ގެ މި ޒިޔާރަތުގައި އިޒްރޭލުން ހިފާފައި ވާ ހުޅަނގު އައްސޭރިއަށް ވަޑައިގެން ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާ އާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ލިއުމާއި ގުޅޭ