Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ރައީސް ޔާމީނުގެ އިސްތިއުނާފީ މައްސަލައިގެ ހުކުމްކުރުން ބުރާސްފަތިދުވަހަށް ތާވަލުކޮށްފި

ރައީސް ޢަބްދުﷲ ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފީ މައްސަލައިގެ ހުކުމްކުރުމުގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފައިވާކަމަށް ހައިކޯޓުން ބުނެފިއެވެ.

ވ.އާރަށް ކުއްޔަށް ދިނުމާ ގުޅިގެން ދައުލަތުން އުފުލި މަނީ ލޯންޑަރިންއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން 2022 ވަނަ އަހަރު އިއްވި 11 އަހަރުގެ ހުކުމުގެ އިސްތިއުނާފު ހައިކޯޓަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅުއްވައި އެ މައްސަލައިގެ ހުރިހާ އަޑުއެހުމެއް މިހާރުވަނީ ނިންމާލާފައެވެ. އަޑުއެހުންތައް ނިންމާފައިވަނީ ފާއިތުވި އަހަރުގެ ޑިސެންބަރުގައެވެ.

އެ މައްސަލަ ލަސްވުމާ ގުޅިގެން ސަރުކާރަށް ރައީސް ޔާމީނާއި އެމަނިކުފާނު އިސްވެ ހުންނަވައި އަލަށް އުފެއްދެވި ޕީއެންއެފްގެ ލީޑަރުންގެ ފާޑުވިދާޅުވުން އަމާޒުވެފައިވެއެވެ. ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނެފައިވަނީ އެ މައްސަލައިގެ ތެރެއަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމަށެވެ.

މި މައްސަލަ ހައިކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހަސަން ޝަފީޢާއި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު މުޙައްމަދު ސަލީމެވެ.

ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގެންނެވި ކާމިޔާބާއެކު ރައީސް ޔާމީނު ގެކޮޅަށް ބަދަލުކޮށް އެމަނިކުފާނުގެ ޖަލު ބަންދު މާލޭ ބަންދަށް ބަދަލުކޮށްފައިވެއެވެ.

ހައިކޯޓުން ބުނި ގޮތުގައި ރައީސް ޔާމީނުގެ އިސްތިއުނާފީ މައްސަލައިގެ ހުކުމްކުރުން ތާވަލުކޮށްފައިވަނީ މާދަމާގެ މެންދުރު ވަގުތަކަށެވެ.

މި ލިއުމާއި ގުޅޭ