Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެވެށި އަނިޔާ

ފާއިތުވި 5 އަހަރު ގެވެށި އަނިޔާގެ 3،123 މައްސަލަ ހުށަހަޅާފައިވޭ: އެފްޕީއޭ

ފާއިތުވި 5 އަހަރު ގެވެށި އަނިޔާގެ 3123 މައްސަލަ ހުށަހަޅާފައިވާކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)ގެ ތަފާސްހިސަބުތަކުން ދައްކައިފިއެވެ.

އެފްޕިއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެ އިދާރާއަށް އެކި މުއައްސަސާތަކުން 723 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުން އެ އިދާރާއަށް 236 މައްސަލަ ހުށަހަޅާފައިވާކަމަށްވެސް އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.

އަދި ހަމައެފަދައިން އެ އިދާރާއަށް ޖެންޑާ މިނިސްޓްރީންނާއި ސިއްހީ ހިދުމަތްދޭ އެކި މަރުކަޒުތަކުން މައްސަލަ ހުށަހަޅާފައިވާކަމަށް މައުލޫމާތުދީފައިވެއެވެ. އެގޮތުން ޖެންޑާ މިނިސްޓްރީން އެ އިދާރާއަށް 421 މައްސަލަ ހުށަހަޅާފައިވާއިރު އެކި ސިއްހީ މަރުކަޒުތަކުން އެ އިދާރާއަށް 57 މައްސަލަ ހުށަހަޅާފައިވާކަމަށްވެސް އެ އިދާރާއިން މައުލޫމާތުދީފައިވެއެވެ.

އެގޮތުން އެފްޕީއޭގެ މިދިޔަ 5 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު އެ އިދާރާއަށް 558 މައްސަލަ ހުށާހަޅާފައިވެއެވެ. މީގެ އިތުރުން، 202 ވަނަ އަހަރު 654 މައްސަލަ ހުށަހަޅާފައިވާއިރު އެއާ ޖެހިގެން އައި އަހަރު 577 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި، 2022 ވަނަ އަހަރު 720 މައްސަލަ ހުށަހަޅާފައިވާއިރު 2023 ވަނަ އަހަރު އެ އަދަދު ވަނީ 614 މައްސަލައަށް މަދުވެފައެވެ.

ދިވެހިރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް އާންމުވެފައިވާއިރު ގެވެށިއަނިޔާ ކުރާ މީހުންގެ ތެރޭގައި ފިރިހެނުންނާއި އަންހެނުންވެސް ހިމެނޭކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާފައިވެއެވެ. ނަމަވެސް އެ އަދަދުތައް ދައްކާގޮތުން ގެވެށި އަނިޔާ ކުރާ އަންހެނުންގެ އަދަދަށްވުރެ ފިރިހެނުންގެ އަދަދު ގިނައެވެ.

މި ލިއުމާއި ގުޅޭ