Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިން އަންނަ މިންވަރު

ރާއްޖެއައި ފަތުރުވެރިންގެ އަދަދު 7 ލައްކައާ ގާތަށް!

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 7 ލައްކައާ ގާތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 698,893 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު އެއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14.3 އިންސައްތަ އިތުރު އަދަދެކެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރުގެ އެ މުއްދަތަށް 513,412 ފަތުރުވެރިން ރާއްޖެ ޒިޔާތްކޮށްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 611,581 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުގެ އެއްވަނާގައި އޮތީ ޗައިނާއެވެ. އެގޮތުން އެގައުމުން މިހާތަނަށް 74,833 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އެއީ ރާއްޖެ ޒިޔާރާތް ކުރި މުޅި ޖުމްލަ ފަތުރުވެރިންގެ 10.7 އިންސައްތައެވެ.

ދެވަނާގައި އޮތީ މިހާރު އޮތީ މިދިޔަ އަހަރު ލިސްޓުގެ ތިން ވަނާގައި އޮތް އިނގިރޭސި ވިލާތެވެ. އެގައުމުން މިހާތަނަށް 70,064 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ލިސްޓުގައި މިހާރު އޮތް ރަޝިޔާއިން ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 69,432 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,181 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 176 ރިސޯޓާއި 843 ގެސްޓްހައުސްގެ އިތުރުން 147 ސަފާރީ އާއި 15 ހޮޓެލް ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 62,226 އެނދު އޮޕަރޭޓްކުރެއެވެ.

މި ލިއުމާއި ގުޅޭ