Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢުމްރާ

އުސޫލުތަކާ ޚިލާފަށް ޢުމްރާއަށް ގެންދާ މީހުންގެ މައްސަލަ ބަލަނީ

ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ އުސޫލުތަކާ ޚިލާފަށް މީހުން އަތުން ފައިސާ ނަގައި އެއަށް އިހުމާލުވަމުންދާ ޖަމާއަތެއްގެ މައްސަލަ ބައްލަވާނެކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވީ "މަޝްއަރު ޓްއާސް" ގެ ހަވާލުގައި މިދިއަ ރޯދަ މަހު ޢުމްރާއަށް ގެންދިޔަ ދިވެހިންތަކެއް ރާއްޖެ ނާދެވި މައްކާގައި ތާށިވުމާއި ގުޅިގެންނެވެ.

އެ ގްރޫޕު މެދުވެރިކޮށް އުމްރާއަށް ދިޔަ ބައެއް މީހުނާ ހަވާލާދީ އާއިލާތަކުގެ ބައެއް މެންބަރުން ބުނާ ގޮތުންނަމަ ފަންސާހެއްހާ މީހުނަށް ރާއްޖެ ނާދެވި މައްކާގައި ތާށިވެފައި އެބަތިއްބެވެ. އަދި މިހާރު މަޝްއަރު ޓުއާސް އިން އެ އެންމެންގެ ގާތު އެދިފައި ވަނީ ގްރޫޕުން ފަހުން އަދާ ކުރާ ގޮތަށް ކޮންމެ މީހަކު ވެސް އަމިއްލަ ހަރަދުގައި ޓިކެޓް ނަގައިގެން ރާއްޖެ ދިއުމަށެވެ.

މި މައްސަލައާ ގުޅިގެން ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އުސޫލުތަކާ ހިލާފަށް މީހުންގެ އަތުން ފައިސާ ނަގައި، އެއަށް އިހުމާލުވަމުންދާ މައްސަލައެއް ފުލުހުނަށް ހުށަހަޅާނެ ކަމަށެވެ.

ފައިސާގެ ޗެކެއް ބައުންސްވެ މިދިޔަ އަހަރު ވެސް މަޝްއަރު ގްރޫޕުން އުމްރާއަށް ގެންދިޔަ މީހުން މައްކާގައި ތާށިވެފައި ވެއެވެ. އެ ފަހަރުވެސް އުމްރާއަށް ދިޔަ މީހުން ރާއްޖެ އައީ އެ މީހުން އަމިއްލައަށް ޓިކެޓު ނަގައިގެނެވެ.
އަލް މަޝަޢަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހުއްދަ މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީން ބާތިލު ކުރިއެވެ. އެހެން ނަމަވެސް ޓްރެވެލް އެޖެންސީއެއްގެ ނަމަށް ބަދަލުކޮށް މިއަހަރުވެސް އެ ޖަމާއަތުން ވަނީ އުމްރާއަށް މީހުން ގެންގޮސްފައެވެ. މިއީ ހުއްދަ ބާތިލްކޮށްފައިވާ ޖަމާއަތެއްކަން މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވެސް ވަނީ އަންގާފައެވެ.
މި ލިއުމާއި ގުޅޭ