Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޒްރޭލު

އީރާނުގެ ހަމަލާއާއި ގުޅޭ ޖާސޫސީ މައުލޫމާތު ސައޫދީން އިސްރާއީލަށް ފޯރުކޮށްދިން: ރިޕޯޓް

އީރާނުން އިސްރާއީލަށް ދިން ވައިގެ ހަމަލާއާއި ގުޅޭ ޖާސޫސީ މައުލޫމާތު އެ ހަމަލާދިނުމުގެ ކުރިން ސައުދީ އަރަބިއްޔާ އާއި ޔޫއޭއީއިން އިސްރާއީލަށް ފޯރުކޮށްދިންކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓެއްގައި ބުނެފައިވަނީ ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިސްރާއީލާ އެކު އިންޓެލިޖެންސް ހިއްސާކުރީ އީރާނުން ބޮޑު ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ކަމަށާއި، ވައިގެ ހަމަލާތައް ނާކާމިޔާބުކޮށްލުމަށް އެ މައުލޫމާތުގެ ސަބަބުން ވައިގެ ދިފާއީ ބާރުތައް ހަރުދަނާ ގޮތެއްގައި ބެހެއްޓުމަށް މަގުފަހިވެފައިވާ ކަމަށެވެ.
ސައުދީ، އެމެރިކާ އަދި މިސްރުގެ އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ބުނީ ގަލްފުގެ ބައެއް ގައުމުތަކާއި އިސްރާއީލާ ދެމެދު އޮންނަ މި އިންޓެލިޖެންސް އެއްބާރުލުމަކީ ޑްރޯން، މިސައިލް އަދި ގުޅިފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ އެހީތެރިކަން ހިމެނޭ އީރާނުން ދިން ހަމަލާތަކުގެ އަސަރު ކުޑަކުރުމަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ.
ފަލަސްތީނުގެ މައްސަލައިގައި ސައުދީ އަރަބިއްޔާ އާއި ޔޫއޭއީއާ އިޒްރޭލާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ސަރަހައްދީ ހަމަލާތަކާ މެދު ދެގައުމުގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކުގެ ސަބަބުން ސުލްހަވެރި އެއްބާރުލުމަކަށް މި ރިޕޯޓުގައި އަލިއަޅުވާލާފައިވެއެވެ.
އީރާނުން އެ ސަރަހައްދުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ހިތްވަރުދީ ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމަށް އިސްރާއީލުން ޒަމާނުއްސުރެ ތުހުމަތު ކުރަމުން އަންނަ އިރު، އީރާނުން ވަނީ އެކަން ދޮގުކޮށްފައެވެ. އެހެންނަމަވެސް، އީރާނަށް އިތުރު ހިތްވަރެއް ލިބިދާނެކަމުގެ އުންމީދުގެ ސަބަބުން ގަލްފުގެ ބައެއް ރަސްރަސްކަލުން އިސްރާއީލުގެ ސަލާމަތީ މަސްލަހަތުތަކާ މިހާރަށްވުރެ ގާތުން ގުޅެން ބާރުއެޅިފައިވާކަން އެނގެއެވެ.
އީރާނުގެ ހަމަލާގެ ރޭވުންތަކާ ބެހޭ އިންޓެލިޖެންސް މައުލޫމާތު އިޒްރޭލަށް ދިން ކަމަށް ސައުދީ އަރަބިއްޔާ އިން ވެސް އަދި ޔޫއޭއީއިން ވެސް ރަސްމީކޮށް އިއުތިރާފުވެފައެއް ނުވެއެވެ. ނަމަވެސް އެ ގައުމުތަކުގެ އޮފިޝަލުން ވަނީ ޑަބްލިއުއެސްޖޭއަށް އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ.
ނަމަވެސް ނަން ނުޖެހުމަށް ޝަރުތުކޮށް ސައުދީގެ އިސް އޮފިޝަލަކު އިންޓެލިޖެންސް ހިއްސާކުރިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ "އަހަރެމެންނަށްވެސް އޮތީ ހަމަ އެފަދަ ނުރައްކަލެއް، އެއީ އީރާން" ކަމަށެވެ.
އެ ރިޕޯޓުގައި ވާގޮތުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާއި ލުބުނާނުގެ ހިޒްބުالله ހަނގުރާމަވެރިންނާއި އެހެނިހެން ޕްރޮކްސީ ފައުޖުތަކަށް މާޝަލްކޮށް އިސްރާއީލުގެ އަމާޒުތަކަށް އަމާޒުކޮށް ހަމަލާތައް ކޯޑިނޭޓް ކުރަމުންދާ ކަމުގެ އިންޒާރު ސައުދީ އިންޓެލިޖެންސުން ވަނީ ދީފައެވެ.
މި އެޑްވާންސް އިންޒާރުގެ ސަބަބުން އިސްރާއީލުގެ ވައިގެ ދިފާއީ ބާރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ކުރިން، އީރާނުގެ ގިނަ ޕްރޮޖެކްޓައިލްތައް ވައްޓާލުމުގެ ފުރުސަތު ލިބުނު ކަމަށް ބެލެވެއެވެ.
އިންޓެލިޖެންސް ކޯޕަރޭޝަން، ރަސްމީ އިއްތިހާދަކަށް ނުވި ނަމަވެސް، އީރާނުގެ ނުރައްކަލުގެ ސަބަބުން ގަލްފުގެ ގައުމުތަކާއި އިސްރާއީލުގެ ތާރީޚީ ޚިޔާލުތަފާތުވުންތަކާއެކުވެސް، އެ ޤައުމުތައް އިތުރަށް ސްޓްރެޓެޖިކް އެލައިންމަންޓަށް ވެއްޓިގެންދާކަން ހާމަވެގެންދެއެވެ.
މި ލިއުމާއި ގުޅޭ