Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މާރޗް މަހު މީރާއަށް ލިބުނު އާމްދަނީ %34.4 އިތުރުވެއްޖެ

މިއަހަރުގެ މާރޗް މަހު ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާއަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %34.4 އިތުރު ވެއްޖެއެވެ. މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %26.0 އިތުރު އަދަދެކެވެ.

މީރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރޗް މަހު މީރާއަށް ވަނީ 2.94 ބިލިއަން ރުފިޔާގެ ޢާމްދަނީ ލިބިފައެވެ. މީގެތެރޭގައި 119.67 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މިއަހަރުގެ މާރޗް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު ފައިސާއެވެ. އެއީ 1.52 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 589.65 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 370.57 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 113.80 މިލިއަން ރުފިޔާ، އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 106.12 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކްސްއާއި ފީގެ ގޮތުގައި 240.62 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

މާރޗް މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސް، ޓީ.ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އަދި ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުންކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި މީގެއިތުރުން ބޭންކް އިންކަމް ޓެކްސްގެ ކުރިއަށް ހުރި ސުންގަޑިތަކުގެ ފައިސާ މާރިޗު މަހުގެ ތެރޭގައި ދައްކާފައިވާތީ މާރިޗްމަހު ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ހާމަކުރެއެވެ.

މިދިޔައަހަރާ އަޅާބަލާއިރު މިއަހަރުގެ މާރިޗްމަހުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން އިތުރުވުމަކީ ޢާމްދަނީ އިތުރުވުމުގެ އެއްސަބަބު ކަމުގައި މީރާއިން ވަނީ ބުނެފައެވެ.

މި ލިއުމާއި ގުޅޭ