ދަރަނި ލުއިކޮށްދިނުމަށާއި އަތްފޯރާފަށުގެ ފައިނޭންސިންގ ފަހިކޮށްދިނުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ އދ.ގެ ހައިލެވެލް ތީމެޓިކް ޑިބޭޓް އޮން ޑެބްޓް ސަސްޓެއިނަބިލިޓީ އެންޑް ސޯޝިއޯ އިކޮނޮމިކް އިކުއަލިޓީ ފޯ އޯލްގައި ގޮވާލައްވައިފިއެވެ.
މިނިސްޓަރު ފައިސަލް ގޮވާލެއްވީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)އަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މާލީ ނިޒާމަށް އިސްލާހު ގެނައުމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ސިޑްސްއަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޫސުމަށް އަންނަ ބަދަލުތަކާއި ސިޑްސްއަށް އޮތް ނުރައްކާތަކަށް އަލިއަޅުއްވާލެއްވިއެވެ.
އެގޮތުން މިކަންކަމުގެ ސަބަބުން އުމްރާނީ ތަރައްގީއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަން ޖެހޭ ކަމަށާއި އެކަމުގެ އަގުބޮޑުކަމާއި ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ދެއްކުމަށް އޮތް ގޮންޖެހުންތަވެސް މިނިސްޓަރު ފައިސަލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ބޭރުގެ އެހެން ގައުމުތަކުން ދަރަނި ނަގާއިރު ސިޑްސްގެ އެހެން ގައުމުތަކޭ އެއްގޮތަށް ދިވެހިރާއްޖެއިންވެސް ވަރަށް ބޮދު ޚަރަދެއް ކުރަން ޖެހޭ" އިނގިރޭސި ބަހުން ދެއްވި ޚިތާބުގައި މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދަރަނި ނެގުމުގައި ކުރިމަތިވާ ބޮޑު ޚަރަދުތަކުގެ ސަބަބުން ދަރަނި އަދާކުރުމުގެ ގާބިލުކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށާއި އިންފްރާސްޓްރަކްޗަރ އާއި އެހެނިހެން މުހިންމު ތަރައްގީއަށް އިންވެސްޓްކުރުމުގެ ޤާބިލުކަން ކުޑަވާކަމަށެވެ.
"މިކަމުގެ ސަބަބުން ދަރަނި އަދާކުރުމުގެ ޤާބިލުކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ތަރައްޤީއަށް ހުރަސްއެޅޭ" މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.
އެހެންވެ ސިޑްސްގެ ގައުމުތަކަށް ހެޔޮ އަގުގައި ލޯނު ނެގޭނެ ގޮތަށް ބައިނަލްއަގުވާމީ ފައިނޭންޝަލް އާކިޓެކްޗާއަށް އަވަސް އިސްލާހުތަކެއް ގެނައުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.