ހދ. ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އާ އިންޖީނު އިންސްޓޯލްކުރުމުގެ ތެރޭގައި ޖެހުނު މައްސަލަ ހައްލުކޮށް މުޅި ރަށަށް އަލުން ކަރަންޓު ދީފިއެވެ.
ފެނަކައިން ބުނީ މުޅި ރަށުން ވަނީ ޙިދުމަތް މެދުކެނޑުނީ އަލަށް ގެންދެވުނު 800ކވ އިންޖީން އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރެވެމުން ދަނިކޮށް، ހިންގާފަ ހުރި އިންޖީނު ތަކުގެ ތެރެއިން 1 މެގަވޮޓް އިންޖީނެއްގެ ޑައިނަމޯއަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށެވެ.
ނަމަވެސް އެ މައްސަލަ ހައްލުކޮށް މިހާރު މުޅި ރަށަށް ޙިދުމަތް ދެވިފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ރޯދަ މަހު ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލައާ ގުޅިގެން، މިހިނގާ އޭޕްރީލް މަހުގެ ކަރަންޓު ބިލުތަކުން %50 ޑިސްކައުންޓު ދޭން ފެނަކައިން ވަނީ ނިންމާފައެވެ.
ފެނަކައިން މީގެ ކުރިން ބުނީ ފާއިތުވެދިޔަ ފަސް އަހަރު ބޮޑެތި އިހުމާލުތަކެއް ވެފައިވުމުގެ ސަބަބުން އެތައް ރަށެއްގެ ކަރަންޓަށް ދިމާވަމުންދާ މައްސަލަތަކަށް އެކަށީގެންވާ އަވަސް ހައްލެއް ހޯދުމަށް ސަރުކާރުގެ ފަރާތްތަކާއި އެކުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންއަންނަ ކަމަށެވެ.