Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ޖަޒީރާ ޓެލެގްރާމް ގްރޫޕާ ގުޅުންހުރި ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފި

"ޖަޒީރާ" ޓެލެގްރާމް ގްރޫޕުތައް މެދުވެރިކޮށް ހަށިވިއްކުން ފަދަ ޖަރީމާތައް ހިންގި މައްސަލައިގައި، އެކަމަށް އެހީތެރިވެދިން ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މިދިޔަ މަހު ފެންމަތިވި ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި އަދި ބޮޑެތި އެކި ކުށްތައް ހިންގުމުގެ މެދުވެރިއަކަށްވި ޖަޒީރާ ގްރޫޕުތަކާ ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެއީ، އެ ގްރޫޕުތައް މެދުވެރިކޮށް ހަށިވިއްކަން މީހުން އުފުލުމަށް ބޭނުންކުރި ޓެކްސީގެ ޑްރައިވަރެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިންގަމުންދިޔަ ޖަޒީރާ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލަ ތަހުގީގުކޮށް، އެ ގްރޫޕުތައް ހިންގިކަމުގެ ތުހުމަތުގައި މިދިޔަ މަހު ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެކެވެ.
ފުލުހުން މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރި ގޮތުގައި، އެ ގްރޫޕުތައް މެދުވެރިކޮށް ހަށިވިއްކުމުގެ ވިޔަފާރިއަށް ރާއްޖޭން ބޭރުގެ އެކި ގައުމުތަކުންވެސް އަންހެނުން ގެނެސްފައިވެ އެވެ. އަދި ދިވެހި އަންހެނުން ވެސް އެކަމުގައި ހިމެނޭ ކަމަށް ބުނެފައިވެ އެވެ.
އެކަން ކުރި ޓެލެގްރާމް ގްރޫޕުގައި 7،000 އަށްވުރެ ގިނަ މީހުން ތިބިއިރު، ފުލުހުން ބުނި ގޮތުގައި ހަށިވިއްކުމުގެ ކަންކަން މާލޭ ސަރަހައްދުގައި ކޮށްފައިވަނީ ޓެކްސީ ޑްރައިވަރަކާ ގުޅިގެން، އެކަމަށް ވަކި ޓެކްސީއެއް ހާއްސަކޮށްގެންނެވެ.
"މި ޗެނަލްގައި މިއީ ރާއްޖޭގައި މިހާތަނަށް އެންމެ ފުޅާ ދާއިރާއެއްގައި މި ބާވަތުގެ މައްސަލަތައް ހިންގި ޗެނަލްތައް. މި ޗެނަލްގައި ގާތްގަނޑަކަށް ހަތް ހާހަށްވުރެ ގިނަ މީހުން ވާކަން ފާހަގަކުރެވޭ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ހިމެނޭ،" އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސައިބާ ޕޮލިސްގެ އިންވެސްޓިގޭޝަން އޮފިސަރު އައިމިނަތު މުހައްމަދު ވިދާޅުވި އެވެ.
ޓެލެގްރާމް ގްރޫޕުތައް ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރި ނަމަވެސް، އެއިން ކޮންމެ މީހެއްގެ އެކައުންޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މި ލިއުމާއި ގުޅޭ