އެމެރިކާއިން އިސްރާއީލަށް އަނެއްކާވެސް އެތައް ބިލިއަން ޑޮލަރުގެ އަސްކަރީ އެހީދޭން ނިންމައިފިއެވެ.
އެގޮތުން އިސްރާއީލަށް އަސްކަރީ ގޮތުން އެހީވުމަށް 14 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖެއް ފާސްކޮށްދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އެ ގައުމުގެ ސެނެޓްގައި ވަނީ އެދިފައެވެ.
ރިޕަބްލިކަން ޕާޓީގެ ފަލްސަފާ އަކީ ކޮންމެ ހާލަތެއްްގައި ވެސް އިސްރާއީލް ހިމާޔަތް ކުރުން ކަމަށާއި، އެ ޕާޓީން އިސްރާއީލް ދިފާއު ކުރުމަށް ޓަކައި ކުރަން ޖެހެނު ކޮންމެ ކަމެއް ކުރުމުގައި ދެމިތިބޭނެ ކަމެވެ.
މި އެހީއަކީ އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުގެ ބަދަލުގައި އިސްރާޢީލުން ދީފާނެ ޖަވާބަކަށް އެހީތެރި ވުމުގެ ގޮތުން ދޭ އަސްކަރީ އެހީއެއްކަމަށް ރިޕޯޓްތައް ބުނެއެވެ.