އެމެރިކާއަށް ނިސްބަތްވަ އެހީދޭ ޖަމިއްޔާއެއް ކަމުގައިވާ ޔޫއެސްއެއިޑްގެ މެމްބަރަކު އިސްރާއީލްގައި ވަރަށް އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ.
ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގައި ޔޫއެސް އެއިޑްގެ މަސައްކަތް ތެރި އެއް މަރާލުމުން އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ ހިތާމަ ފާޅުކޮށްފައެވެ
މިދިޔަ ހުކުރު ދުވަހުގެ ރޭ ޔަހޫދީ އިސްރާއީލްގެ ޖައްފާ ސަހަރުގައި ޔޫއެސް އެއިޑްގެ މަސައްކަތްތެރި އެއް ކަމަށްވާ ޔައުޤޫބް ޓޯޚީ އަށް ހަމަލާދީ މަރާލީ އޮފް ޑިއުޓީގައި ހުރި އިސްރާއީލްގެ ފުލުހެކެވެ.
އިސްރާއީލްގެ ދުވަހު ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިސްރާއީލުން ބުނެފައިވަނީ ހުކުރު ދުވަހުގެ ރޭ ޓޯޚީ އަށް ހަމަލާދީފައި ވަނީ އޭނާ ސައިކަލުގައި ދުއްވާފައި ދަނިކޮށް އޮފް ޑިއުޓީ ފުލުސް މީހާ އޭނާ ހުއްޓުވުމަށް ފަހު ކަމަށެވެ. އަދި އެ ވަގުތު އޭނާ ހުރީ އޭނާގެ ޔޫއެސް އެއިޑްގެ ޕެރަމެޑިކް ޔުނީފޯމް ވެސް ލައިގެން ކަމަށް ޓައިމްސް އޮފް އިސްރާއީލުން ވަނީ ރިޕޯޓް ކޮށްފައެވެ.
ޔަހޫދީ ފުލުސް މީހާ އޭނާ އަށް އަނިޔާ ކޮށް އެންމެ ފަހުން ވަނީ އޭނާ ގަޔަށް ބަޑި ޖަހާ އޭނާ މަރާލާފައެވެ.
ޔައުޤޫބް ޓޯޚީ އަކީ ފަލަސްތީނުގެ ނަސްލަށް ނިސްބަތްވާ އިސްރާއީލުގެ ރައްޔިތެކެވެ. ޔަހޫދީ އިސްރާއީލްގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެ ގައުމުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށްގެންދޭ ނަފްރަތުގެ ހަމަލާތައް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.