އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަށާއެންމެ ބޮޑު މަޝްރޫއު, ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ބިންގާއަޅައިފިއެވެ.
ހަވާއެރުވުމާއެކު މިރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް އަލީ އިހުސާން އެވެ. އަދި މީގެ އިތުރުން މިރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ދާއިރާގެ އެކިފަރާތްތަކާއި ދައުލަތުގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ ޗައިނާ ނެޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްގެންނެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ރައީސް ޑރ. މުއިއްޒަކީ ހުސްވައުދު ވެވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށާއި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ދައުރުގެ ކުރީ ކޮޅު ފަށައި ކުރިޔަށް ގެންދާކަމީ އެކަމުގެ ހެއްކެއް ކަމަށެވެ.
އެހެން ކަމުން ހަންކެޑެ މަޝްރޫއަކީ އައްޑޫ ބަދަލު ކޮށްލާނެ ޕްރޮޖެކްޓެއް ކަމަށް އިހްސާން ވިދާޅުވިއެވެ. އަދި އެކަމުގެ ނަފާ އައްޑޫ ރައްޔިތުންނަށް މި ފަސް އަހަރުގެ ތެރޭގައި ފެނިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
2020 އެނދުގެ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފަށްޓަވާނެކަން މިމަހުގެ 12 ވަނަދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާން ކުރައްވާފައެވެ. ރައީސް އައްޑޫސިޓީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ހިތަދޫއަށް ވަޑައިގެން ހިތަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވިދާޅުވީ އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަށާއެންމެ ބޮޑު މަޝްރޫއު ނިމިގެންދާއިރު 1980 އެއްހާ ވަޒީފާ އުފެދިގެންދާންކަމަށެވެ.
"އަޅުގަނޑުމެން ވާހަކައެއް ގޮތުގަ ތަރައްގީއެއް ނުބާއްވާނަން. ފޮތެއްގައި ލިޔެފައެއް ނުބާއްވާނަން. އަމަލީގޮތުން ތަރައްގީ ގެންނާނީ. އެހެންވީމާ ހަންކެޑެ މަޝްރޫއު އަމަލީގޮތުން ލޮލަށް ފެނިވަޑައިގަންނަވާ ގޮތަށް 2080 ބެޑްގެ މަޝްރޫއު ފެށިގެން ދިޔައިމަ ނިމޭއިރު ގާތް ގަނޑަކަށް 1980 ވަރަކަށް ސީދާ ޑައިރެކްޓް ވަޒީފާ އެތަނުން އުފެދޭނެ" ހަންކެޑެ މަޝްރޫޢާއި ބެހޭ ގޮތުން ރައީސް ވިދާޅުވިއެވެ.