Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަށްތައް

މާފަރުގެ އިހްތިސާސް ތެރޭގައި ފަރުމުލިއާއި ކަނޑިންމާހުރާ ހިމަނައިފި

ނ. މާފަރުގެ އިހްތިސާސްތެރޭގައި 2 ފަޅުރަށް ހިމަނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނ. އަތޮޅު މާފަރު އިހްތިސާސްގެ ތެރޭގައި ފަރުމުލިއާއި ކަނޑިންމާހުރާ ހިމަނުއްވައިފިއެވެ. މިކަން ހާމަކުރައްވާ ސަރުކާރުން މިއަދު ގެޒެޓު ކުރެއްވި ގަރާރެއްގައި ވަނީ، މި 2 ފަޅުރަށް މާފަރުގެ ބައެއްގެ ގޮތުގައި ހިމަނުއްވަން ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާކަމަށެވެ.

ރައީސްގެ ދުރުވިސްނުންފުޅުން ނިންމެވި ނިންމެވުން މާފަރު ރައްޔިތުން ސިފަކުރަނީ ކުރީ ސަރުކާރުން ނުހައްގުން މާފަރު ރައްޔިތުންގެ އަތުން ފޭރިގަނެފައިވާ ބިމުގެ އިންސާފު ހޯދައިދެއްވުން ކަމުގައެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި މާފަރު ރައްޔިތުންގެ އަތުން ފަރުމުލިއާއި ކަނޑިންމާހުރާ ހިމެނޭގޮތަށް 80 ހެކްޓަރުގެ ބިން ނަގާފައިވެއެވެ.

ކުރީ ސަރުކާރުގެ މި ނިންމުމާއި ދެކޮޅަށް މާފަރުގެ އެތައް ރައްޔިތުންނެއްވަނީ އަޑު އުފުލާ ނުރުހުން ފާޅުކޮށްފައެވެ. އަދި އެތައް ފަހަރެއްގެ މަތިން އެ ބިންތައް އަނބުރާ މާފަރުގެ އިހުތިސާސްގެ ދަށަށް ލައިދިނުމަށް އެދުނު ނަމަވެސް އޭރުގެ ސަރުކާރުން މާފަރުގެ ރައްޔިތުންނަށް ދިނީ ބީރު ކަންފަތެކެވެ.

2020 ވަނަ އަހަރުން ފެށިގެން މާފަރުގެ ރައްޔިތުން އެދެމުން އައި އިންސާފު އެރަށުގެ ރައްޔިތުންނަށް ހޯދައިދީފައި މިވަނީ ރައީސް މުއިއްޒުގެ ވެރިކަމަށް އަހަރެއް ނުވަނީހެވެ. އަދި މީގެ އިތުރުން، އެހެން ރަށްތަކުގެ އިހުތިސާސްގެ ތެރެއަށް ރަށާއިކައިރީގައިވާ ފަޅުރަށްތައް ލުމުގެ މަގު ރައީސް ވަނީ ފަހިކޮށްދެއްވާފައެވެ.

މި ލިއުމާއި ގުޅޭ