Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހީނާ ވަލީދު

ޤައުމެއްގެ ތާރީޚުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރަން މަޖިލީހަށް އަންނަން އުޅޭބައެއް މިފެންނަނީ އަލަށް: ހީނާ

ޤައުމެއްގެ ތާރީޚުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރަން މަޖިލީހަށް އަންނަން އުޅޭބައެއް މިފެންނަނީ އަލަށްކަމުގައި މަޖިލިސް އިންތިޚާބަށް ޕީޕީއެމް/ޕީއެންސީން ކަނޑައަޅުއްވާފައިވާ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ވިސްނުންހުރިގޮތް ވަރަށް ސާފުކޮށް ފެންނަމުންދާކަމަށެވެ. އެގޮތުން ރައްޔިތުންގެ ލާބައާއި މަންފާއަށް ވިސްނުމުގެ ބަދަލުގައި އެމްޑީޕީގެ ވިސްނުންހުރީ ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ކިބައިން ބަދަލުހިފުމަށް ކަމަށެވެ.

ހީނާ މިފަދައިން ވިދާޅުވެފައިވަނީ ކުރީގެ ރައީސް އިބްރާހީމް އެމްޑީޕީގެ ކެންޕޭން އިވެންޓެއްގައި ވާހަކަދައްކަވަމުން އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރާނެކަމަށް ދޭހަވާ މޭރުމަކުން ވާހަކަދެއްކެވުމުން އެވާހަކައަށް ރައްދުދެއްވަމުންނެވެ.

ހީނާ ވާހަކަފުޅުގައި ވަނީ އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. މިގޮތުން އެމްޑީޕީއިން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ނަމުގައި އެޖެންޑާ 19 އުފައްދާ، އެ އެޖެންޑާއިންވެސް ރައްޔިތުން ކަންބޮޑުވާ އެއްވެސް ކަމަކަށް ޙައްލެއް ގެނެސްދެވިފައިނުވާކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ ހުރިހާ ކަމަކަށް އޮތް ހައްލަކީ އެޖެންޑާ 19 ކަމަށް ދައްކާ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައިވާކަަމަށް ހީނާ ވިދާޅުވިއެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ މިހާރު ހިނގަމުންދާ ދައުރުގައިވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އަޒުލުކުރުމަށް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

މި ލިއުމާއި ގުޅޭ