Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

ހުޅުމާލޭގެ ފޭސް 3 އަދި 2 ގައި މިސްކިތް އަޅަން ބިން ހަވާލުކޮށްފި

ހުޅުމާލޭގެ ފޭސް 3 އަދި 2 ގައި މިސްކިތް އަޅަން ބިން ހަވާލުކޮށްފިއެވެ.

ހުޅުމާލެ ފޭސް 3 އަދި 2 ގައި މިސްކިތް ތަރައްގީކުރުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބިން ދޫކޮށްފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށެވެ. އަދި، އެ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

އަދި މީގެ އިތުރުން އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ފަޒުލް ރަޝީދެވެ.

ހުޅުމާލޭގައި 2 މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ ޖުމްލަ 49,872 އަކަފޫޓުގެ ބިމެވެ. އެގޮތުން، ފޭސް 3 ގައި އަޅާ ބިމުގެ ބޮޑުމިނަކީ 21،952 އަކަފޫޓެވެ. އަދި ފޭސް 2 ގައި މިސްކިތެއް ތަރައްގީކުރަން ހަވާލުކޮށްފައިވަނީ، 27،920 އަކަފޫޓުގެ ބިމެކެވެ.

ހުޅުމާލެ ފޭސް 2 ގައި އެތައް ބަޔަކު ވަޒަންވެރިވަމުންދާއިރު އެ ސަރަހައްދުގައި ގާއިމްކޮށްފައިވާ މިސްކިތްތަކުގައި މިވަގުތު ޖާގައިގެ ދަތިކަން ދިމާވެއެވެ. އެގޮތުން ކޮންމެ ހުކުރު ނަމާދެއްގައި މިސްކިތްތަކާއި މާދުރަށް ސަފުތައް ދެމިގެންދެއެވެ.

މި ލިއުމާއި ގުޅޭ