Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިލެކްޝަންސް ކޮމިޝަން

އީސީގެ މެންބަރުކަމަށް ޙަސަން ޒަކަރިއްޔާ އައްޔަނުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ހަސަން ޒަކަރިއްޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

އެ މަގާމަށް ހަސަން ޒަކަރިއްޔާ އައްޔނުކުރެއްވުމުގެ ކުރީން އޭނާ ހުންނެވީ އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.

ހަސަން އިލެކްޝަނަށް އައްޔަން ކުރަން މަޖިލީޙުން ފާސްކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 1 ވަނަ ދުވަހުއެވެ.

އީސީގެ މެންބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ. ކޮމިޝަންގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރުގެ އިތުރުން މުހައްމަދު އާސިފެވެ.
އިލެކްޝަންސް ކޮމިޝަންގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބްގެ މެންބަރުކަމުގެ ދެ ވަނަ ދައުރު ހަމަވެވަޑައިގެން ކޮމިޝަނުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.
މި ލިއުމާއި ގުޅޭ