އެ ތަކެތި އެމްއެންޑީއެފްއަށް ހަދިޔާކޮށްފައިވަނީ ސިފައިންގެ ބަންޑާރަކޮށީގައި އިއްޔެ އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިޔާތެއްގައެވެ. އެމްއެންޑިއެފްގެ ފަރާތުން މުއާސަލާތީ އެ އިކުއިޕްމަންޓްސްތަކާ ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް އަބްދުއްލަތީފެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ޕްރޯލައިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި ތަކެތީގެ ސަބަބުން އެމްއެންޑީއެފްގެ ސަވައިލެންސް ކެޕޭސިޓީ އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.
އެ ތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ޖެނެރެލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެލެވަޑައިގެންފައިވެއެވެ.