Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

ޣައްޒާ މުޅިން ހިފުމަށް އިސްރާއީލުގެ ވަޒީރަކު ގޮވާލައިފި

ޣައްޒާއަށް ފުލްސްކޭލްގައި ހަމަލާދީ އެސިޓީ މުޅިން ހިފުމަށް އިސްރާއީލުގެ ކެބިނެޓް ވަޒީރަކު ގޮވާލައިފިއެވެ.
އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗް އާދީއްތަ ދުވަހު ވަނީ މުޅި ޣައްޒާގެ މައްޗަށް ފުރިހަމަ ކޮންޓްރޯލް ނެގުމަށް ގޮވާލައިފައެވެ.
ސްމޯޓްރިޗް މިހެން ބުނެފައި މިވަނީ ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކަށް މެދުވެރިން ހުށަހެޅި ހުށަހެޅުންތަކަށް ހަމާސްގެ ރައްދު ނެގެޓިވް ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން އިއުލާން ކޮށްފައި ވަނިކޮށެވެ.
"އިސްރާއީލުގެ ރެޑްލައިންތައް ދޫކޮށްލައި، އެއްބަސްވުމަކަށް އައުމަށް ހަމާސްގެ ފަހަތުން ދިއުމަކީ ރަހީނުން އަނބުރާ ގެނައުމަށް އިތުރަށް ހުރަސްއެޅުމުގެ ފުރުޞަތު އޮންނާނެ ކަމެއް،" ރިލިޖަސް ޒަޔަނިޒަމް ޕާޓީގެ ލީޑަރު އެކްސްގައި ލިޔުއްވާފައިވެ އެވެ.
"މިއީފިލާވަޅުތައް ދަސްކުރަންވީ ވަގުތު، މިއީ މިސްރާބު ބަދަލުކުރަންވީ ވަގުތު، ... އަދި މިއީ މުޅި ޣައްޒާގައި އިޒްރޭލުގެ ފުރިހަމަ ކޮންޓްރޯލް އަލުން އިއާދަކުރަންވީ ވަގުތު ކަމަށް،" އޭނާ ބުނެފައިވެއެވެ.
އާދީއްތަ ދުވަހުގެ ހެނދުނު ނަތަންޔާހޫގެ އޮފީހުން ވަނީ އިސްރާއީލާއެކު ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭ ގޮތުން މެދުވެރި ގައުމުތަކުން ހުށަހަޅާފައިވާ ފުޅާ ސިޔާސަތުތަކަށް ހަމާސް އިން ދިން ޖަވާބަކީ ނެގެޓިވް ޖަވާބެއް ކަމަށް ސިފަކޮށްފަ އެވެ.
ނަތަންޔާހޫގެ އޮފީހުން އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި ގާހިރާގެ ބައްދަލުވުމަށް ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ހަމާސްއިން ކޮޅެއް މެދެއް ނުދެއްކިއެވެ.
ހަމާސް ޖަމާއަތުން އިސްރާއީލުގެ 130 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފައިވާއިރު ތެލްއަވީވް އިން ދަނީ ފަލަސްތީނުގެ 9،100 އަށް ވުރެ ގިނަ މީހުން އެގައުމުގެ ޖަލުތަކުގައި ހިފަހައްޓަމުންނެވެ.
ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ނުރައްކާތެރި ހަމަލާތައް ހުއްޓާލުމަށާއި ތެލްއަވީވްއާ އެކު ގައިދީން ބަދަލުކުރުމުގެ އެއްވެސް އެއްބަސްވުމަކަށް ދާނީ އިސްރާއީލު ސިފައިން އެ ސަރަހައްދުން ފޭބުމުން ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.
މި ލިއުމާއި ގުޅޭ