Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ

ވައުދާ އެއްގޮތަށް ކެނދިކުޅުދޫގެ މަގުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ނ. ކެނދިކުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ކެނދިކުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ދަތުރުފަތުރުގެ ކަންކަން ލުއިފަސޭހަ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެ ވައުދުފުޅާ އެގޮތަށް މަގު ހެދުމުގެ މަސައްކަތް 90 މިލިއަން ރުފިޔާއަށް، ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.
އިކޮނޮމިކް މިނިސްޓްރީގެ އިސް އޮފިޝަލުން ނ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކެނދިކުޅުދޫގެ މަގުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފައްޓަވައިދެއްވީ އެރަށުގައި އެކަމަށް ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
އެ މަޝްރޫއުގެ ދަށުން، 3.7 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމްކުރުމުގެ އިތުރުން މަގުބައްތި ޖެހުން ހިމެނެ އެވެ. މަޝްރޫއު ހަވާލުކޮށްފައިވަނީ 540 ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.
ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އިތުރުން، ކެނދިކުޅުދޫގައި އިތުރު ބަނދަރެއް ތަރައްގީކޮށް، އިކޯ ޓޫރިޒަމްގެ މަންޒިލަކަށް އެ ރަށް ހެދުމަކީ ވެސް ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ކެނދިކުޅުދޫއަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ރަށެއްކަން ފާހަގަކޮށް ކެމްޕެއިންގެ ތެރެއިން ރައީސް މުއިއްޒު ވިދާޅުވީ އެރަށުގައި އިކޯ ޓޫރިޒަމް ތަރައްގީކުރާނެ ކަމަށެވެ. އެ މަޝްރޫއު ހިންގާނީ ރައީސް ވިދާޅުވެފައިވާ ގޮތުގައި ޒުވާނުންނަށް އިންވެސްޓް ކުރެވޭ ގޮތަށެވެ.
މި ލިއުމާއި ގުޅޭ