Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

އަމާޒަކީ ދިވެހި ބަހުން ވިސްނާ ޖީލެއް ބިނާކުރުން: ރައީސް

އަމާޒަކީ ދިވެހި ބަހުން ވިސްނާ ޖީލެއް ބިނާކުރެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ، ދިވެހި ބަހުގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ރައްޔިތުންނާ މުހާތަބުކުރައްވަމުންނެވެ.

ގައުމާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ، ދިމާވާ އެކި ކަންކަމުގައި ދިވެހި ބަހުން ވިސްނާ ޖީލެއް ބިނާކުރެއްވުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެހެންކަމުން، ހިތްތަކުގައި ދިވެހި ބަހަށް އޮންނަ ލޯބި އިތުރުކޮށް ބަހަށް ފަރިތަ ވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ހަމައެފަދައިން، ރައީސް ވިދާޅުވީ ދިވެހިބަހަށް ހާއްސަ އިސްކަމެއްދިން ކަމުގައިވީނަމަވެސް އެހެން ބަސްބަހާއި އިލްމުތައް ލިބިގަތުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި، އޮފީސްތަކާއި ތައުލީމާއި މުއާމަލާތުގެ ހުރިހާ ދާއިރާއަކުންވެސް ދިވެހި ބަހަށް ހާއްސަ އިސްކަމެއް ދިނުމަށް ރައީސްގެ ހިތާބުގައި އިލްތިމާސްކުރައްވާފައިވެއެވެ.

އަދި ދިވެހި ބަހުން އިލްމު ލިބިގަތުމަކީ ކުރިއަރައިދިޔުމަށް އެޅޭ ހުރަހެއް ނޫންކަން ރައީސް ފާހަގަކުރައްވާ ވިދާޅުވީ، ދިވެހިން ދިވެހި ބަހަށް ފަރިތަވެއްޖެނަމަ އެހެން ބަސްބަސް އުނގެނުމަށް ފަސޭހަވާނެކަމަށެވެ.

މީގެ އިތުރުން، މި ދިވެހިރާއްޖޭގައި އުޅޭ ކޮންމެ ފަރުދަކީވެސް، ދިވެހި ބިމަށް އުފަންވީތީ ފަހުރުވެރިވާ ބަޔަކަށް ހެދުމަށްޓަކައި އެތައް މަސައްކަތްތަކެއް ކުރައްވަންޖެހޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން، ގައުމިއްޔަތު ދިރުވާ އާލާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ ކަންކަމަކީ މުހިންމު މަސައްކަތްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ރައީސް ދެއްވި ހިތާބުގައި އިލްތިމާސްކުރެއްވި އަނެއްކަމަކީ، ދިވެހި ބަހުގެ ދުވަސް ރަމްޒުވާ ފަރާތްކަމަށްވާ ފަޟީލަތުއްޝައިޚް އަލްމަރްޙޫމު ޙުސައިން ޞަލާޙުއްދީނުގެ ހަޔާތްޕުޅުން ފިލާވަޅު ނެންގެމެވުމެވެ.

މި ލިއުމާއި ގުޅޭ