Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިރާން

އީރާނުން އިސްރާއީލަށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފި

އީރާނުން އިސްރާއީލަށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފިކަމަށް އީރާނުގެ ދައުލަތުގެ ޓީވީން ޚަބަރު ދީފިއެވެ.

މި ހަމަލާތައް ދޭންފަށާފައިވަނީ ރާއްޖޭ ގަޑިން ރޭ މެންދަމުން އަލިވެ 1:00 ހާއިރުކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިހަމަލާތައް ދޭނެ ފަށާފައިވާކަން އިސްރާއީލުގެ މީޑިއާތަކުން ވެސް މިހާރުވަނީ ކަށަވަރު ކޮށްދީފައެވެ.

ޓައިމްސް އޮފް އިސްރާއީލުން ބުނީ އިސްރާއީލަށް ދޭ ހަމަލާތައް އީރާނުން މިހާރު ފަށާފައިވާއިރު، މިޑްރޯން ހަމަލާތައް އިސްރާއީލަށް ފޯރަން އަދި ވަގުތު ނަގާނެކަމަށެވެ.

އިސްރާއީލުގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ އިރާނުގެ މި ހަމަލާތަކަށް އެ ގައުމުން ފުރިހަމަ އަށް ތައްޔާރަށް އޮތްކަމަށެވެ.

ނަމަވެސް އިރާނުގެ ހުރިހާ ހަމަލާއަކަށް ދިފާއީ ފިޔަވަޅު ނޭޅިދާނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އިރާނުން މިހަމަލާތައް ދިންކަން ކަށަވަރުކޮށްދިނުމަށފަހު އިތުރަށް ބުނެފައިވަނީ ރައްދުގައި އިސްރާއީލުން އެއްވެސް ހަމަލާއެއް ދީފިނަމަ ދެން ދޭނެ ހަމަލާ މާ ނުރައްކާތެރި ވާނެ ކަމަށެވެ.

އީރާނުންވަނީ އެމެރިކާޢަށްވެސް އިންޒާރެއް ދީފައެވެ. އެމެރިކާއިން މިކަމަށް ރައްދެއްދީފިނަމަ އޭގެ ނަތީޖާ ހިތިވާނެތި އެމެރިކާ މިކަމާ ގާތްނުވުމަށް އިލްތިމާސްކުރާކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އާމިރު އަބްދުﷲ ޙަޔާން ވަނީ ވިދާޅުވެފައެވެ.

އިރާނުގެ ހަމަލާ އާއި ގުޅިގެން ބެލެވޭ ގޮތުގައި ހިޒްބުﷲ ޖަމާއަތުންނާއި ހޫތިން، އިސްރާއީލާއި ދެކޮޅަށް ހަމަލާތަކެއް ދޭނެ ކަމަށް ބެލެވެއެވެ.

މި ލިއުމާއި ގުޅޭ