މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް (މެޓް އޮފީހުން)ވަނީ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައެވެ.
ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން މިއަދު އެކްސްއަށް ޕޯސްޓުކޮށް ބުނެފައިވަނީ، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅު ދެމެދުގައި ހުރި ރަށްތަކަށް ރީންދޫ އެލާޓު ނެރެފައިވާކަމަށެވެ. އެގޮތުން މި އެލާޓަކި މިއަދުގެ ހަވީރު 16:15 އިން ރޭގަނޑު 20:15އަށް ނެރެފައިވާ އެލާޓެއްކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އަދި މީގެ އިތުރުން، ހއ. އަތޮޅާއި ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ އިތުރުން ގުގުރާނެކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.