Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

އޭރުވެސް މިހާރުވެސް އަސްލަމް ހުންނެވީ ފުއްގަނޑެއް މޮޑޭހެން ޖޭއެސްސީ ހިޞާރުކޮށްގެން: ޝިޔާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އޭރުވެސް އަދި މިހާރުވެސް ހުންނެވީ ފުށްގަނޑެއް މޮޑޭހެން ޖުޑީޝަލް ސަރވިސް ކޮމިޝަން ހިސާރުކުރައްވައިގެން ކަމުގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޝަރީޢަތް ލަސްވުމާ ގުޅޭގޮތުން އަސްލަމް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ކުރީގެ ނައިފަރުދާއިރާގެ މެންބަރުކަންވެސް ކުރެއްވި ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރާއި އަދި މިހާރުވެސް އަސްލަމް ހުންނެވީ ޖޭއެސްސީ ހިސާރުކުރައްވައިގެން ކަމަށާއި މިމަހުގެ 21 ވަނަ ދުވަހު އެކަން ނިމުމަކަށް ގެންނަވާނެކަމަށެވެ.

އެމްޑީޕީގެ ޕީޖީލީޑަރުކަން ކުރިން ކުރެއްވި, އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވަމުންގެންދަވާ އަސްލަމްއަކީ ޖޭއެސްސީގެ މެންބަރެކެވެ. އަސްލަމް ޖޭއެސްސީގެ މެންބަރުކަން ކުރައްވަނީ މަޖިލީސް ރައީސްގެ ހައިސިއްޔަތުންނެވެ.

އައްޑޫ ސިޓީގައި ރޭ ބޭއްވުނު ކެންޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތް ހުކުމާއި ހަމައިން ހުއްޓިފައިވާ ސަބަބު ބެލުމަށްޓަކައި ޖޭއެސްސީއަށް ހުށަހަޅުއްވާނެކަމަށެވެ.

އަސްލަމްގެ މިވާހަކަފުޅަށް ޕީއެންސީގެ ނާއިބުރައީސް އިބްރާހިމް ޝުޖާވެސް ވަނީ ރައްދު ދެއްވާފައެވެ. މިގޮތުން ޝުޖާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު ރައީސް ޔާމީންގެ މައްސަލައިގައި އަސްލަމްގެ އަރިހަށް ދިޔަކަމަށާއި އޭރު އަސްލަމް ވިދާޅުވީ ރައީސް ޔާމީން އޮންނަވަން ޖެހޭނީ ޖަލުގައި ކަމަށެވެ.

ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ޝަރުޢީ ނިޒާމަށް އެޕާޓީގެ ވެރިން އެކި ގޮތްގޮތުން ނުފޫޒުފޯރުވާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

މި ލިއުމާއި ގުޅޭ