ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެތީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބައެއް ސަރަހައްދުތަކަށް ހުދުސަމާލު ނެރެފިއެވެ.
ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށެވެ. މި އެލާޓް ނެރިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00ން ހަވީރު 4:00 އަށެވެ.
އެއިދާރާއިން ހާމަކުރާ ގޮތުގައި ހޮނިހިރު ދުވަހުގެ ހެނދުނު 10:00ން އާދިއްތަ ދުވަހުގެ ހެނދުނު 10:00ށް އެކިހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށް ތަކަށްށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާއިރު ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ބުނެއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަކުރި ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ރާޅު އުސްމިނުގައި 2 ނުވަތަ 4 ފޫޓު ހުންނާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
ވުމާއެކު ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ވެސް އެއިދާރާއިން ބުނެއެވެ.