Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

އައްޑޫ ހޮސްޕިޓަލް ތަރައްޤީކުރެވޭނީ އެންމެ މަތީފެންވަރުގެ ޚިދުމަތްތަކާއެކު: ރައީސް

އައްޑޫ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް ޖާގަ އިތުރުކުރުމާއެކު މަތީ ފެންވަރުގެ ހުރިހާ ޚިދުމަތެއް ލިބިގެންދާގޮތަށް ހޮސްޕިޓަލް ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ހިތަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެކުނުގައި ޤާއިމްކުރާ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންގެ ކެޕިޓަލްއަކީ އައްޑޫސިޓީކަމަށާއި ހިތަދޫ ހޮސްޕިޓަލް ތަރައްޤީކުރައްވާނީ އެންމެ މަތީ ފެންވަރުގެ ހުރިހާ ޚިދުމަތްތަކެއް ލިބޭގޮތަށް ކަމުގައެވެ.

ހޮސްޕިޓަލަށް ވަރަށް ގިނަ އެކްސްޕޭންޝަން ބޭނުންވާނެ ކަމަށާއި އޭގެތެރެއިން ބައެއް ކަންކަން ފެށުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެކަމަށާއި އޭރުން އެޚިދުމަތްތައް ހޯދުމަށް މާލެދިޔުން ނިމުމަކަށް އަންނާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ކެޓް ލެބް، ޤާއިމްކުރުމާއެކީގަ ވޯޑް ފެސިލިޓީ އިތުރަށް ޤާއިމުކުރުމާއެކީގަ މިހާރުދޭ ޑަޔަލިސިސް ޚިދުމަތް ފުޅާކުރުމާއި އެކިކަހަލަ ތެރަޕީތައް، ސްޕީޗް ތެރަޕީ އަދި އެކި ތެރަޕީތައް ހިމެނޭހެން މިދެންނެވި ހުރިހާ ކަމެއް ހިމެނޭ ޕްރޮޖެކްޓެއް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށާނަން. އެޙިދުމަތްތައް ފެށިގެންދިޔައިމަ އެކަންކަން ކުރާކަށް މާލެ ދާކަށް ނުޖެހޭނެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް އިތުރަށް ވިދާޅުވީ އައްޑޫސިޓީ ހުޅުމީދޫގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެކަމުގައި ވިދާޅުވިއެވެ. މިގޮތުން ހުޅުމީދު ހޮސްޕިޓަލުގައި އޮޕަރޭޝަން ތިއޭޓަރެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެމަސައްކަތް ކުރިއަށް އޮތް ޖުލައިމަހުގައި ފެށިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިމަޝްރޫޢުތަކުގެ ގިނަމަސައްކަތްތަކަކީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަންޖެހޭ މަސައްކަތްތައް ކަމަށާއި މަޖިލީހަށް ހޮވޭ މެންބަރުންގެ ދައުރު މިކަމުގައި ބޮޑުކަމަށެވެ. ސަރުކާރަށް ތާއީދުކުރާ 8 މެންބަރުން އައްޑޫސިޓީއިން ހޮވަންވީ މިމަސައްކަތްތައް ބަޖެޓުގައި ހިމެނުމަށާއި ރައްޔިތުން ބޭނުންވާ ބާރު ސްޕީޑުގައި ތަރައްޤީ ހާސިލުކުރުމަށް ކަމުގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި އެކި މަޝްރޫޢުތަކަށް ބޭނުންވާ ވަރަށް ފައިސާ ނުހިމަނައި, އަލަށް ހޮވުނު ސަރުކާރުން ބޭނުންވާ ބައެއް މަޝްރޫޢުތައް އެމްޑީޕީގެ މެޖޯރިޓީއޮތް މަޖިލީހުން ވަނީ އުނިކޮށްފައެވެ.

މި ލިއުމާއި ގުޅޭ