Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ރައީސް މުޢިއްޒަށް ވެރިކަން ކުރުމަށް މަގުފަހިކޮށްދޭން ޖެހޭ: އަބްދުއްރަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަން ދެއްވުމަށް ފަހު އެމަނިކުފާނަށް ވެރިކަން ކުރުމަށް މަގުފަހިކޮށްދޭން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝިއަލް އެޑްވައިޒަރ އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެއެވެ.

ހައްދުންމައްޗަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ފޮނަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވުނު ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ހައްދުމައްޗަކީ ތަަރައްގީގެ ފުރުސަތު ވަރަށް ބޮޑު އަތޮޅެއް ކަމަށް ކޮންމެ ސަރުކާރަކުން ބުނަމުުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެކަން އޮންނަނީ ދުލުން ބުނެވޭ ބަހެއްގެގޮތުގައި ނުވަތަ ކަރުދާސް ގަނޑެއްގައި އޮންނަ ލިޔުމެއްގެ ގޮތުގައި ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ސަރުކާރެއް ނިމިގެންދާއިރުވެސް ހައްދުމަތިން އެބުނާ ފުރުސަތުތައް ނުފެންނަކަމަށާއި އެކަން އޮންނަނީ ދުލުން ބުނެވޭ ބަހެއްގެގޮތުގައި ނުވަތަ ކަރުދާސް ގަނޑެއްގައި އޮންނަ ލިޔުމެއްގެ ގޮތުގައި ކަމަށެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައީސް ކުރައްވަމުންގެންދަވާ މަސައްކަތަކީ ދިވެހީންގެ ރާއްޖޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރާ މަސައްކަތާއި ރާއްޖެއަށް ތަރައްގީހޯދުމުގެ މަސައްކަތް ކަމަށެވެ. އަދި މިމަސައަކަތްތަކަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމުގައި އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ