Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 33،634 އަށް އަރައިފި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި އިތުރު 89 މީހުން ޝަހީދުވެފައިވާއިރު، ހަނގުރާމަ ފެށުނު ފަހުން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 33،634 އަށް އަރާފައެވެ.
އަދި އިތުރު 120 މީހުން ޒަޚަމްވެފައިވާއިރު ޒަހަމްވި މީހުންގެ ޖުމްލަ އަދަދު ވަނީ 76،214 އަށް އަރާފައެވެ.
މިއަދަކީ އީދު ޗުއްޓީގެ ތިން ވަނަ ދުވަހު އަދާހަމަކޮށްފައިވާ އަދަދުތަކެކެވެ. މިއީ ޣައްޒާގެ އެކި ކަންކޮޅުތަކުގައި ފިތުރު ޢީދު ފާހަގަކުރުމާއި އުފާފާޅުކުރުމުގެ ދުވަސްތައް ކަމަށް ބެލެވިފައިވީ ނަމަވެސް، އެ ދުވަސްތަކަކީ ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައި ވަރަށް ބޮޑު އިންސާނީ ކާރިސާއެއްގެ ތެރޭގައިވާ ދުވަސްތަކެކެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން އަދިވެސް ދަނީ ނުސީރަތު ރެފިއުޖީ ކޭމްޕްގެ އުތުރުގެ ސަރަހައްދާއި ހަނގުރާމައިގެ ފުރަތަމަ ހަފުތާތަކުގައި މީހުން ހުސްކުރުމަށް ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ވާދީ ޣައްޒާގެ ދެކުނު ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެސަރަޙައްދުގައި ހުންނަ ޔޫއެންއާރްޑަބްލިއުއޭ (އަންރުވާ) އިން ހިންގަމުން އަންނަ ސްކޫލެއްގެ ތެރޭގައި ތިބި މީހުން ހިމެނޭ ގޮތަށް ފަސް މީހަކު މަރުވެ އެތައް ބަޔަކު މިއަދުވެސް ވަނީ ޒަހަމްވެފައެވެ.
އެ ސަރަހައްދުގައި އިސްރާޢީލުން ދެމުންދާ ހަމަލާތަކުގައި އެޓޭކް ޑްރޯންތައް ވެސް ބޭނުންކުރުމުގެ ސަބަބުން ހަގީގަތުގައި ވެސް ހާލުގައި ޖެހިފައިވާ އާބާދީއަކަށް ބިރުވެރިކަމާއި ކަންބޮޑުވުމެއް އުފެދިފައިވާއިރު، ސަލާމަތްވުމަށް ފިލައިގެން ދިއުމަށް ގިނަބަޔަކު މަސައްކަތް ކުރެއެވެ.
ޣައްޒާސިޓީގައި ރޭ ފަތިހުގެ ވަގުތެއްގައި ވެސް މީހުން ދިރިއުޅޭ ގެއަކަށް އިސްރާއީލުން ވަނީ ހަމަލާދީ އެ ގެ ހަލާކުކޮށްލައިފައެވެ. އަދި އެއް އާއިލާއެއްގެ 25 މީހަކު މަރުވެފައިވާ ކަމަށް ވެސް ބައެއ ރިޕޯޓުތައް ބުނެއެވެ.
މި ލިއުމާއި ގުޅޭ